ރަނގަޅު ކަމެއް ނޫންކަން ވިސްނިގެން އާމިރް ހާން ރާބުއިން ހުއްޓާލައިފި

ބޮލީވުޑްގައި ފަނޑުވުމެއް ނެތި ފިޔަ ޖަހަމުން އަންނަ ތަރިންގެ ތެރޭގައި އާމިރް ހާނަކީ ފާހަގަ ކުރެވޭ ތަރިއެކެވެ. އަމިއްލަ ދިރިއުޅުމުގައި ދިމާވާ ކަންކަން ތަފާތުވިޔަސް މަސައްކަތުގެ މާހައުލުގައި އޭނާ އަކީ މީ...

17 Mar 2022 | 12:23

ބޮލީވުޑްގައި ފަނޑުވުމެއް ނެތި ފިޔަ ޖަހަމުން އަންނަ ތަރިންގެ ތެރޭގައި އާމިރް ހާނަކީ ފާހަގަ ކުރެވޭ ތަރިއެކެވެ.

އަމިއްލަ ދިރިއުޅުމުގައި ދިމާވާ ކަންކަން ތަފާތުވިޔަސް މަސައްކަތުގެ މާހައުލުގައި އޭނާ އަކީ މީހުންގެ ލޯތްބާއި އިހުތިރާމް ލިބޭ ގޮތަށް މަސައްކަތް ކުރާ މީހެކެވެ. ރަނގަޅު އަހުލާގެއްގެ މަތީގައި އުޅުމަކީ އޭނާއަށް ކުރިޔަށް ދިއުމަށް ލިބިފައިވާ އެއް ބާރެވެ.

އެކަމަކު ބޮލީވުޑްގެ އެހެން ތަރިންނެކޭ އެއްގޮތަށް އާމިރަކީވެސް މަސްތުވުމަށް ވަރު ހުންނަ މީހެކެވެ. މަސްތުވާން ހިކި އެއްޗެހި ބޭނުން ނުކުރި ނަމަވެސް ބަނގުރާ ބުއިމަކީ ކުރިން ވަރަށް ކުރި ކަމެއް ކަމަށް އާމިރު ބުނެ އެވެ.

މި ހަފްތާ ތެރޭގައި ދިން އިންޓަވިއުއެއްގައި އާމިރު ބުނީ ކުރިން އިންނަތަނުގައި އިނދެފަ އެއް ފުޅި ރާ ވަގުތުން ހުސްކޮށްލާ ކަމަށެވެ. އެކަމަކު ކުރިން ކިތަންމެ ގިނައިން ރާ ބުއި ނަމަވެސް މިހާރު އެއްވެސް ވަރަކަށް މަސްތުވާއެއްޗެއް ބޭނުން ނުކުރާ ކަމަށެވެ.

އޭނާ ބުނީ ރާ ބުއިމަކީ ބުއްދި ފިލާގޮަސް ވާ ނުވާ ނޭނގޭ ހާލަތަށް މީހާ ގެންދާ އެއްޗެއް ކަމަށެވެ. އޭނާ ބުނީ ރާބުއިން ހުއްޓާލަން ނިންމީ ހޭބުއްދި ފިލާގޮސް ފަހުން ދެރަވެ ލަދުގަންނަން ޖެހޭ ވާހަކަތައް ރާ ބޮއެގެން ދެއްކޭތީ ލަދުން، އެކަމާއި މެދު ވިސްނުމަށް ފަހު ކަމަށެވެ.

އާމިރުގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު " ލާލް ސިންގް ޗައްދާ" އިންނެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް