މި އަހަރުގެ ރޯދަމަހު އުމްރާއަށް ދިއުމަށް ގިނަ ބަޔަކު ފާސްޕޯޓަށް އެދެމުން ދާތީ އެ ހިދުމަތް ފޯރުކޮށްދިނުމުގައި ލުއި ގޮތްތަކެއް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.
އިމިގްރޭޝަނުން ބުނީ މި އަހަރުގެ ރޯދަ މަހު އުމްރާއަށް ދިއުމަށް ގިނަ ބަޔަކު ޕާސްޕޯޓް ހަދަން ހުށަހަޅާ ކަމަށާއި އެހެންކަމުން އެ މީހުންނަށް ފަސޭހަކޮށްދިނުމަށް ރޯދަ މަސް ނިމެންދެން ހާއްސަ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށެވެ.
މިގޮތުން އުމްރާ އަށް ދާ މީހުން، ޕާސްޕޯޓަށް އެދޭ ފޯމު ހުށަހެޅުމަށް ފަހު، ރަސްމީ މަސައްކަތު ގަޑީގައި އެ ކަމަށް ހާއްސަކޮށްފައިވާ ނަމްބަރު، 9199165 އަށް ގުޅުމުން އެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މިކަމާއި ގުޅިގެން ހަމަޖެއްސި އިންތިޒާމުތަކުގެ ތެރެއިން އުމްރާ އަށް ދާ މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅައި 9199165 އަށް ގުޅުމުން ވަގުތުން އެ މީހެއްގެ ފޯމު ޕްރޮސެސްކުރާއިރު ފޯމުގައި މައްސަލައެއް ހުރި ނަމަ، އިމިގްރޭޝަނުން ގުޅައި ރަނގަޅު ކުރަންވީ ކަންކަން ކިޔައިދޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް