އެމްއައިބީން އާއިލީި އުފާގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ފަރާތުން އެބޭންކުގެ ކަސްޓަމަރުންނާއި އޮންނަ ގުޅުން ބަދަހިކުރުމުގެ މަޤްސަދުގައި އާއިލީ އުފާގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ. މި ހަވީރު ބޭއްވ...

17 Mar 2022 | 10:11

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ފަރާތުން އެބޭންކުގެ ކަސްޓަމަރުންނާއި އޮންނަ ގުޅުން ބަދަހިކުރުމުގެ މަޤްސަދުގައި އާއިލީ އުފާގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ހަވީރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވީރު 4:00 އިން ފެށިގެންނެވެ.

މި ހަރަކާތުގައި ކުޑަކުދިންނާއިގުޅޭ ތަފާތު ކުޅިވަރު ހަރަކާތްތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައި ވެއެވެ.

އަދި މި ހަރަކާތްތަކުގައި ބައިވެރިވެގެން އިނާމު ހޯދުމުގެ ފުރުސަތުވެސް ކުދިންނަށް ހުޅުވާލާފައި ވެއެވެ.

މީގެ އިތުރުން މި ހަރަކާތުގައި ބޭންކުގެ ފައިނޭންސިންގ ޚިދުމަތް ބޭނުންވާ ބޭފުޅުންނަށް އެމްއައިބީގެ މުއައްޒަފުންނާއި ސީދާ މަޝްވަރާކުރުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ.

އަދި އެޕްލިކޭޝަން ފޯމު ލުމަށާއި އެކައުންޓާއި ބެހޭ ހިދުމަތްތަކާއި ގުޅޭ މައުލޫމާތުވެސް ސާފުކޮށްދޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް