އެސްޓީއޯއިން ނިޕޯން ޕެއިންޓް ރަމަޟާން ބާޒާރު ފަށައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން މިއަހަރުގެ ރަމަޟާންް މަހާ ދިމާކޮށްް “ނިޕޯން ޕެއިންޓް ރަމަޟާން ބާޒާރު” ފަށައިފި އެވެ. ޕްރޮމޯޝަން ފެށުމަށް ޕެއިންޓް ޝޯ ރޫމުގައި ބޭއްވި ހަފުލާއެއްގައި އިފުތިތާހު ކޮ...

17 Mar 2022 | 09:05

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން މިއަހަރުގެ ރަމަޟާންް މަހާ ދިމާކޮށްް “ނިޕޯން ޕެއިންޓް ރަމަޟާން ބާޒާރު” ފަށައިފި އެވެ.

ޕްރޮމޯޝަން ފެށުމަށް ޕެއިންޓް ޝޯ ރޫމުގައި ބޭއްވި ހަފުލާއެއްގައި އިފުތިތާހު ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނެޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދެވެ.

ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ ނިޔަލަށެވެ. ޕްރޮޝޯން ކުރިޔަށް ގެންދިއުމަށ ްނިންމާފައިވަނީ  އެސްޓީއޯ ނިޕޯން ޝޯރޫމް އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިގަ އެވެ.

ޕްރޮމޯޝަންގައި 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

ޕްރޮމޯޝަން ހިނގަމުންދާ އިރު، ޕެއިންޓް އައިޓަމް ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފަ އެވެ.

އެގޮތުން 1،000 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭ އިރު، ޕްރޮމޯޝަން ނިމުމުން ނަސީބުވެރި ފަރާތެއް ހޮވައި، އެ ފަރާތަށް ޝީޝާގެ ސްކޫޕީ ކުލަބް 12ގެ ސައިކަލެއް ދިނުމަށް ވަނީ ނިންމައިފަ އެވެ. މީގެ އިތުރުންވެސް މި ޕްރޮމޯޝަންގައި އަދިވެސް އިތުރު އަގު ހުރި އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފަ އެވެ.

ނިޕޯން ޕެއިންޓަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބި، މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. މިހާރު ނިޕޯން ޝޯރޫމް ހުންނާނީ އާމީނީ މަގުގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަން ވެއާހައުސް އިމާރާތުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް