40 ވަނަ އަހަރީ ދުވަހާ ގުޅިގެން ބީއެމްއެލް އިން ޖަމިއްޔާތަކަށް އެހީވުމަށް 'ސްމޯލް ގްރާންޓްސް' އިފްތިތާހްކޮށްފި

ގައުމީ ބޭންކް،  ބޭންކް އޮފް މޯލްޑިވްސްއިން 'ބީއެމްއެލް ސްމޯލް ގްރާންޓްސް' ފަންޑް އިފްތިހާހުކޮށްފިއެވެ. ބީއެމްއެލުން މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހ...

17 Mar 2022 | 07:51

ގައުމީ ބޭންކް،  ބޭންކް އޮފް މޯލްޑިވްސްއިން 'ބީއެމްއެލް ސްމޯލް ގްރާންޓްސް' ފަންޑް އިފްތިހާހުކޮށްފިއެވެ.

ބީއެމްއެލުން މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެއްކަމަށެވެ.

ބީއެމްއެލުން ބުނީ  ބީއެމްއެލް  ސްމޯލް   ގްރާންޓްސް    ފަންޑް ހުޅުވާލެވިފައިވަނީ   ޖަމިއްޔާތަކުން ހިންގަން  ބޭނުންވާ  ދެމެހެއްޓެނެވި ތަރައްގީއާއި  ތިމާވެއްޓެށީގެ   ކަންކަމަށް  އަމާޒުވާ މުޖުތަމައަށް   ފައިދާކުރަނިވި   ޕްރޮޖެކްޓްތައް ހިންގުމަށްކަމަށެވެ.   މި ފަންޑަށް   ހުށަހެޅޭ   ޕްރޮޖެކްޓް ތަކުގެ   ތެރެއިން   އަށް ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިއުމަށް 250،000 ރުފިޔާ ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

"އަޅުގަނޑުމެންގެ   އަހަރީ   ދުވަސް  ފާހަގަ   ކުރުމުގެ   ގޮތުން   ރާވާފައިވާ   ހަރަކާތްތަކުގެ   ތެރެއިން5ވަނަ   ހަރަކާތެއްގެ   ގޮތުގައި   މި   ތައާރަފްކުރެވެނީ   ސްމޯލް   ގްރާންޓްސް   ޕްރޮޖެކްޓް. މި   ހިލޭ   އެހީގެ  މި ލިބިގެންދާނެ. އެހީތެރިކަން   ތަކަށް     ޕްެރޮޖެކްޓް ހިންގޭ އަމާޒުކޮށް މައްސަލަތަކަށް   ތިމާވެށީގެ     ފައިދާކުރަނިވި މުޖުތަމައަށް ފަންތީގެ     މެދު   އަދި ކުދި   ދަށުން މިދާއިރާގައި   އުންމީދަކީ   އަޅުގަނޑުމެންގެ ގެނެވޭނެ.   ތަރައްގީއެއް   ދެމެހެއްޓެނިވި   މުޖުތަމައުއަށް   ހޯދައި،   ހައްލު   މައްސަލަތަކަށް   ތިމާވެށީގެ   އެހީއާކު މަސައްކަތްކުރައްވަމުންދާ ވީހާވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކޮށް މުޖުތަމައަށް ބަދަލުގެނެސްދިނުން." ބީއެމްއެލްގެ   ސީއީއޯ   އަދި   މެނޭޖިންގ   ޑައިރެކްޓަރ   ޓިމް   ސޯޔަރ   ވިދާޅުވިއެވެ.

މި އެހީއަށް   އެދި   ހުށަހެޅުމުގެ   ސުންގަޑިއަކީ15  މޭ  2022    އެވެ.31    ޑިސެންބަރު2021  ގެ   ކުރިން   ރާއްޖޭގައި   ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކަށް މި ހިލޭ އެހީއަށް އެދި ހުށަހެޅޭނެކަމަށެ އެ ކުންފުނިން ބުނެއެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކޮންމެ މަހަކު ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިހާތަނަށް ހިންގާފައިވާ ހަރަކާތްތަކަކީ

1-ފެބްރުވަރީ -–ހައުސިންގ ގްރާންޓް

2-ޖަނަވަރީ - ބީއެމްއެލް ސްޓާރޓްއަޕް ގްރާންޓް

3-ޑިސެންބަރު - ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން

4-ނޮވެންބަރު - ބީއެމްއެލް ސްކޮލާޝިޕް ފަންޑު

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް