ސްޕޯޓްސް އެވޯޑް ޖަލްސާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ދުވާ ޓްރެކް ހިމެނޭ ސަރަހައްދުގެ ބައެއް މަގު ބަންދުކުރަނީ

މޯލްޑިވްސް ސްޕޯޓްސް އެވޯޑް ޖަލްސާގެ ސެކިއުރިޓީ ބެލެހެއްޓުމަށް މިއަދު ދުވާ ޓްރެކް ހިމެނޭ ސަރަހައްދުގެ ބައެއް މަގުތައް އާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް...

17 Mar 2022 | 07:31

މޯލްޑިވްސް ސްޕޯޓްސް އެވޯޑް ޖަލްސާގެ ސެކިއުރިޓީ ބެލެހެއްޓުމަށް މިއަދު ދުވާ ޓްރެކް ހިމެނޭ ސަރަހައްދުގެ ބައެއް މަގުތައް އާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

އެގޮތުން އާންމު ދަތުރުފަތުރާއި ހިނގާ މީހުންނަށް ބަންދުކުރުމަށް ހަމަޖެހިފައިވާ މަގުތައް:

ބޮޑުތަކުރުފާނުމަގު އިއްޒުއްދީންމަގާ ގުޅުނު ހިސާބުން ފެށިގެން ބޮޑުތަކުރުފާނުމަގު އާމިނާރަނި ހިނގުމާ ހަމައަށް

ހިލާލީމަގު އާޒާދީ ހިނގުން ގުޅުނު ހިސާބުން ފެށިގެން ހިލާލީމަގު ބޮޑުތަކުރުފާނުމަގާ ހަމައަށް

މާފަތްކިލެގެފާނު ހިނގުން ބޮޑުތަކުރުފާނުމަގާ ގުޅުނު ހިސާބުން ފެށިގެން މާފަތްކިލެގެފާނު ހިނގުން އަމީނީމަގާ ހަމައަށް

ކުރެދިގޯޅި

. ވައިދެރި ހިނގުން ހުދުފަޅު ހިނގުން ގުޅުނު ހިސާބުން ފެށިގެން ވައިދެރި ހިނގުން ބޮޑުތަކުރުފާނުމަގާ ހަމައަށް

ހުދުފަޅު ގޯޅި ބޮޑުތަކުރުފާނުމަގާ ގުޅުނު ކަންމަތި ކުރެދިގޯޅި

ފުލުހުން ބުނީ މި ސަރަހައްދުތައް، މިއަދު 18:00 އިން ޖަލްސާ ނިމެންދެން އާންމު ދަތުރު ފަތުރަށާއި ފައިމަގުގައި އުޅޭ ފަރާތްތަކަށް ބަންދުކުރެވޭނެ ކަމަށެވެ.

ޕާކިންގއަށް ހުސްކުރުމަށް ހަަމަޖެހިފައިވާ މަގުތައް:

ބޮޑުތަކުރުފާނު މަގު މޭރީ ބްރައުން ކުރިމަތި ޕާކިންޒޯން

މާފަތްކިލެގެފާނު ހިނގުން ބޮޑުތަކުރުފާނު މަގާ ގުޅުނު ހިސާބުން ފެށިގެން މާފަތްކިލެގެފާނު ހިނގުން އަމީނީމަގާ ދެމެދު ޕާކިންޒޯން

ކުރެދިގޯޅި ޕާކިންޒޯން

މި ސަރަހައްދުތައް މިރޭ އޮންނަ ޖަލްސާ އަށާއި މާދަމާ ރޭ އޮންނަ މިއުޒިކް ޝޯވ އަށް 19:00 އިން ފެށިގެން ހަރަކާތްތައް ނިމެންދެން ޕާކިންއަށް

ބަންދުކުރެވޭނެ ކަމުގައި ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް