މިއަދު ހަވީރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ

މާލޭގެ ބައެއް ސަރަހައްދުން މިއަދު ހަވީރު ކަރަންޓުގެ ޚިދުމަތް ނުލިބިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ މިއަދު ހަވީރު 16:00އިން 17:00އަށް ހެންވޭރުގެ ރޯޝަނީ މަގާއި، ރޯޝަނީ ގޯޅީގެ އިތުރ...

17 Mar 2022 | 06:03

މާލޭގެ ބައެއް ސަރަހައްދުން މިއަދު ހަވީރު ކަރަންޓުގެ ޚިދުމަތް ނުލިބިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ މިއަދު ހަވީރު 16:00އިން 17:00އަށް ހެންވޭރުގެ ރޯޝަނީ މަގާއި، ރޯޝަނީ ގޯޅީގެ އިތުރުން ކަސްތޫރި މަގާއި، ކާނި ގޯޅިއާއި، ސޯސަންމަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.

މި ސަރަހައްދުތަކުން މިއަދު ކަރަންޓު ކަނޑަނީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް ކަމަށާއި އެ މަސައްކަތް ނިމުނުހައި އަވަހަކަށް އަނބުރާ ކަރަންޓު އިއާދަކުރާނެކަމަށް ސްޓެލްކޯއިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް