ރ. ވާދޫ ސްކޫލްގައި ދެ ބުރި އިމާރާތެއް އަަޅަން ނެކްސްޓާއަށް

ރ. ވާދޫ ސްކޫލުގެ 2 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފި އެވެ. މި މަސައްކަތް ހަވާލު ކުރީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައ...

17 Mar 2022 | 05:03

ރ. ވާދޫ ސްކޫލުގެ 2 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފި އެވެ.

މި މަސައްކަތް ހަވާލު ކުރީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އިބްރާހީމް ނައުޝާދު އެވެ. ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ސައީދް މުޙައްމަދު އެވެ.

ނެކްސްޓާ އާއި މި މަޝްރޫއު ހަވާލު ކުރީ 4.7 މިލިއަން ރުފިޔާ އަށެވެ.

މަސައްކަތް ނިން ޖެހެނީ 99 ދުވަސް ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް