ފޮޓޯ: ގޮނޑު ހޮވައިގެން ހެދުން ތައްޔާރު ކުރާ ފެޝަން ޑިޒައިނަރެއް

ލެނޯރާ ބުއެންވިއަޖޭ ނަމަކަށް ކިޔާ ފިލިޕިންސްގެ މި ފެޝަން ޑިޒައިނަރު ގޮނޑުން ހޮވާ ތަކެތިން ހެދުން ފަހާތާ ހަތް އަހަރު ވެއްޖެ އެވެ. އޭނާ ބުނީ އޭނާ ޑިޒައިންކޮށް ފަހާ ގިނަ ހެދުމަކީ ޕްލާސްޓިކާއި ނޫސް ކަރުދާ...

17 Mar 2022 | 04:48

ލެނޯރާ ބުއެންވިއަޖޭ ނަމަކަށް ކިޔާ ފިލިޕިންސްގެ މި ފެޝަން ޑިޒައިނަރު ގޮނޑުން ހޮވާ ތަކެތިން ހެދުން ފަހާތާ ހަތް އަހަރު ވެއްޖެ އެވެ.

އޭނާ ބުނީ އޭނާ ޑިޒައިންކޮށް ފަހާ ގިނަ ހެދުމަކީ ޕްލާސްޓިކާއި ނޫސް ކަރުދާހާއި ހަނޑޫފަދަ ތަކެތި ހުސްކުރާ ގޯނިން ތައްޔާރުކޮށްފައި ހުންނަ ހެދުން ކަމަށެވެ. އުމުރުން 51 އަހަރުގެ ލެނޯރާ ބުނީ އޭނާ އާންމުކޮށް ހެދުމެއް ވިއްކަނީ 30 ޑޮލަރާއި 50 ޑޮލަރާއި ދެމެދުގެ އަގަކަށް ކަމަށެވެ.

އޭނާގެ ހެދުންތައް ގަންނަ މީހުންގެ ތެރޭގައި އުކާލާތަކެތި އަލުން ބޭނުން ކުރުމުގެ މުހިންމުކަން ވިސްނައިދޭ ފާހަގަ ކުރެވޭ މީހުން ހިމެނޭ ކަމަށެވެ. އަދި އުފަންދުވަހުގެ ޕާޓީތަކުގެ އިތުރުން ކައިވެނި ހަފްލާތަކުގައި ލާންވެސް މީހުން އޭނާ ފަހާ ހެދުން ގަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް