އިންޑިއާގެ މަހަރާސްތުރާގެ މުސްލިމަކު، އެ ގައުމުގައި ޕެޓްރޯލް އަގުބޮޑުވުމުން ސައިކަލު ދޫކޮށްލައި އަހަކަށް ސަވާރުވެއްޖެއެވެ.
މަހަރާސްތުރާގެ އޯރަންގަބާދަށް ނިސްބަތްވާ މި މީހާގެ ނަމަކީ ޝެއިޚް ޔޫސުފެވެ. ޔޫސުފަކީ ފާމަސީއެއްގެ ލެބް އެސިސްޓެންޓެއްގެ ވަޒީފާ އަދާކުރާ ފަރާތެކެވެ.
މީޑިއާއަށް މައުލޫމާތުދެމުން ޔޫސުފް ބުނެފައިވަނީ ޖިގަރު ނަމަކަށްކިޔާ އެ އަސް އޭނާ ގަތީ 40 ހާސް ރުޕީއސް އަށް ކަމަށާއި ގެއާއި ފާމަސީއާއި ދެމެދު 15 ކިލޯމީޓަރު ހުންނައިރު މިހާރު ކޮންމެ ދުވަހަކު ވަޒީފާއަށް ދަނީ އަހުގައި ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ މިކަމުގެ ސަބަބުން އޭނާގެ މާލީ ހާލަތުވެސް ރަނގަޅުވަމުން އަންނަ ކަމަށާއި އަސް ދުއްވުމަކީ ސިއްހީ ގޮތުންވެސް ފައިދާހުރި ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް