ސްރީލަންކާ މަގުން ރާއްޖެ އައި އިނގިރޭސި ވިލާތުގެ ރައްޔިތެއްގެ އަތުން 12.7 ގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
ކަސްޓަމް އިން ބުނީ މި މަހުގެ ހަވަނަ ދުވަހު ރާއްޖެ އައި އިނގިރޭސި ވިލާތުގެ ރައްޔިތެއްގެ ހަރަކާތްތައް ހުރި ގޮތުން ޝައްކު ކުރެވިގެން ކަސްޓަމްގެ ފަރާތުން އިތުރަށް ބަލައި ފާސްކުރިއިރު، އޭނާގެ ދަބަސް ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
އަތުލައިގަތް ތަކެތި ޓެސްޓް ކުރިއިރު މަސްތުވާ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ ކެނެބިސް އޮށާއި ކެނެބިސް ހާބަލް ކަސްޓަމްސް އިން ބުންޏެވެ.
އިތުރަށް ކަސްޓަމުން ބުނީ މި މައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް