ޗެމްޕިއަންސް ލީގު: މޮންޗެންގްލަޑްބަކް ބަލިކޮށް ސިޓީ ކުއާޓާ ފައިނަލްއަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ޖަރުމަންގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކް ބަލިކޮށް އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީ ކުއާޓާ ފައިނަލްއަށް ދަތުރު ކޮށްފިއެވެ. މި ބޮރޫޝިއާ މޮންޗެންގްލަޑްބަކް ގެ ...

17 Mar 2021 | 04:55

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ޖަރުމަންގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކް ބަލިކޮށް އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީ ކުއާޓާ ފައިނަލްއަށް ދަތުރު ކޮށްފިއެވެ.

މި ބޮރޫޝިއާ މޮންޗެންގްލަޑްބަކް ގެ ދަނޑުގައި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 0-2 ގެ ނަތީޖާއިން މެންޗެސްޓާ ސިޓީ މޮޅުވިއިރު، ރޭ ސިޓީގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުންވެސް އެޓީމު މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ. އެގޮތުން ސިޓީން ކުއާޓާ ފައިނަލްއަށް ދަތުރު ކުރީ 0-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ރޭގެ މެޗުވެސް ފެށިގެން ރަނގަޅަށް ކުޅެ ގިނަ ހަލާތަކެއް އުފައްދާފައިވަނީ ސިޓީންނެވެ. އެގޮތުން މެޗު ފެށިގެން 12 ވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެވިން ޑިބްރެއިނާއެވެ. އޭގެ ހަ މިނެޓު ފަހުނ ސިޓީ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގުންޑޮގާންއެވެ.

ދެ ލަނޑުގެ ޅީދަކާއި އެކު މެޗުގެ ފުރަތަމަ ހާފު ސިޓީން ނިންމާލިއިރު، ދެވަނަ ހާފު ނިމިގެން ދިޔައިރު އިތުރު ލަނޑެއް އެއްވެސް ޓީމަކަށް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ޖެހި ދެ ލަނޑާއި އެކު އެޓީމު މެޗު ކާމިޔާބު ކޮށް ކުއާޓާ ފައިނަލްއަށް ދަތުރު ކުރިއިރު، ސިޓީ ކުއާޓާ ފައިނަލްގައި ބައްދަލުކުރާނެ ޓީމެއް އެނގޭނީ ހުކުރު ދުވަހު އޮން ގުރުލުމުގެ ރަސްމިޔާތައް ފަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް