އައްޑޫ ސިޓީ، މަރަދޫފޭދޫ ގައި ހުންނަ އެސްޓިއޯ ފިހާރައިގެ ތިޖޫރީ ފަޅާލައިފި ފައިސާތަކެއް ނަގައިފިއެވެ.
'އައްޑޫ ލައިވް' އަގި ރިޕޯޓް ކޮށްފައިވާ ގޮތުގައި ފިހާރައިގެ ބޭރުގައި ހުރި އެސްޓިއޯގެ މުވައްޒަފަކު ބުނީ ތިޖޫރީ ފަޅާލައި ފައިސާތަކެއް ނަގާފައިވާ އިރު ގެއްލިފައިވަނީ ކިހާ އަދަދެއްގެ ފައިސާކަން އަދި ނޭގޭ ކަމަށެވެ.
'ދުވަސް' އަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނެފައި ވަނީ، އައްޑޫ ސިޓީ، މަރަދޫފޭދޫ އެސްޓީއޯ ފިހާރައިގެ ތިޖޫރީ ހަލާކު ކޮށްލައިގެން ވައްކަން ކޮށްފައިވާ މައްސަލަ، ރޭ ފަތިހު 05:45 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި މިހާތަނަށް ބެލި ބެލުމުން، ފިހާރައިގެ ތިޖޫރީއިން7000 ރުފިޔާ ވަގަށް ނަގާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަަލަ މިހާރު ދަނީ ތަހުގީހު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް