ނޫސްވެރިޔާ ވިސާމާއި އާމިރުގެ ބަންދަށް 10 ދުވަސް

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި އެ ސްޓޭޝަންގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 10 ދުވަސް ޖަހައިފި އެވެ. މި ދެ ނޫސްވެރިންގެ ބަންދަށް 10 ދުވަސް ޖަހާފައިވަނީ...

17 Mar 2018 | 11:44

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި އެ ސްޓޭޝަންގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 10 ދުވަސް ޖަހައިފި އެވެ.

މި ދެ ނޫސްވެރިންގެ ބަންދަށް 10 ދުވަސް ޖަހާފައިވަނީ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު އެ ކޯޓަށް ހާޒިރު ކުރުމުންނެވެ.

މި ދެ ނޫސްވެރިންގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު ދެ ނޫސްވެރިންވެސް ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ ޔުނީފޯމުގައި، ފުލުހުންނަށް އިންޒާރުދޭ ވީޑިއޯއެއް ތައްޔާރު ކުރި ކަމުގެ ތުހުމަތުގައި އެވެ. ރޭގެ ވަގުތެއްގައި މި ދެ ނޫސްވެރިންވެސް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ރޭ ހާމަކޮށްފައިވާގޮތުގައި މި މައްސަލައިގާ ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފައިވެ އެވެ. ދެ ނޫސްވެރިން ހައްޔަރު ކޮށްފައިވަނީ މި މައްސަލައިގާ ކަން އެނގުނު ނަމަވެސް މި މައްސަލައިގާ ހައްޔަރު ކޮށްފައިވާ ތިންވަނަ މީހާގެ މައުލޫމާތު އަދި ސާފެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް