"ޕައި" އިވެންޓްގެ ފުރަތަމަ ސެމިނާ މިރޭ ބާއްވަނީ

މަހަލްދީބް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ "ޕައި" ސެމިނާ ރަސްމީކޮށް މިރޭ ފަށާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ. މި ސެމިނާތަކަކީ ޒުވާނުންނާއި މުޖުތަމަޢުގައި އެމީހުންގެ ތަފާތު އަދި މޮޅު ހިޔ...

17 Mar 2018 | 03:45

މަހަލްދީބް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ "ޕައި" ސެމިނާ ރަސްމީކޮށް މިރޭ ފަށާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

މި ސެމިނާތަކަކީ ޒުވާނުންނާއި މުޖުތަމަޢުގައި އެމީހުންގެ ތަފާތު އަދި މޮޅު ހިޔާލުތަކާއި ވާހަކަތައް ހިއްސާކޮށްލާނެ ފުރުސަތެއްގެ އިންތިޒާރުގައި ތިބި މީހުންނަށް އޮތް ރަނގަޅު ޕްލެޓްފޯމެއް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. މިރޭގެ ސެމިނާ ބޭއްވުމަށް ހަމަޖެހިފައިވަނީ 8:00 ން 10:00 އަށް ގައުމީ ޔުނިވާސިޓީގެ ސީއޭ އޮޑިޓޯރިއަމްގައި އެވެ.

މިރޭގެ ސެމިނާގެ މައުލޫއަކީ "ޤާނޫނާއި އަހަރެމެން" އެވެ. މި މައުލޫއަށް ދެ ދާއިރާއަކުން ވާހަކަދެއްކުމަށް ހަމަޖެހިފައިވާއިރު ވާހަކަ ދައްކަވާ ބޭފުޅުންގެ ތެރޭގައި ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ރައީސްކަން ދެ ފަހަރު ކުރައްވާފައިވާ އަލީ ރަޝީދު އަހުމަދު ހިމެނެ އެވެ.

މަހަލްދީބްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް ހާދީ ޙުސައިން ވިދާޅުވީ ގޮތުގައި  ގިނަ ޒުވާނުންނަށް މި މުހިންމު ސސެމިނާތަކުގެ ބޭނުން ކުރެވޭނެ ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ، ޕައި އަކީ މުޖްތަމަޢަށް ބޭނުންހުރި ތަފާތު ޚިޔާލުތަކާއި ތަޖްރިބާތަކާއި ރައުޔުތައް ޙިއްޞާ ކުރެވޭނެ ޢާންމުންނަށް ހުޅުވާލެވިފައިވާ ސެމިނާތަކެއް ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 21 ގައި ޕައިގެ "ޕައިލޮޓް" އިވެންޓެއް ވަނީ ކްލިކް ކޮލެޖުގައި ބާއްވާފައެވެ. މީސްމީޑިއާގައި އެތައް ސަތޭކަ މީހުން ވަނީ މި ސެމިނާ ބަލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް