ސާރާގެ ފުރަތަމަ ފިލްމުގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އަލުން ފަށަނީ

ބޮލީވުޑްގެ ބަތަލް ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީ ހާންގެ ފުރަތަމަ ފިލްމު ” ކެދާރްނަތް” ގެ ޝޫޓިން ހުއްޓިފައި އޮތުމަށް ފަހު އަލުން ފަށަން ނިންމައިފި އެވެ. ޕްރޮޑަކްޝަން ޓީމާއި ޑައިރެކްޓަރާއި ޖެހުނު...

17 Mar 2018 | 03:39

ބޮލީވުޑްގެ ބަތަލް ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީ ހާންގެ ފުރަތަމަ ފިލްމު ” ކެދާރްނަތް” ގެ ޝޫޓިން ހުއްޓިފައި އޮތުމަށް ފަހު އަލުން ފަށަން ނިންމައިފި އެވެ.

ޕްރޮޑަކްޝަން ޓީމާއި ޑައިރެކްޓަރާއި ޖެހުނު މައްސަލައެއްގައި ފިލްމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ މަހެއްހާ ދުވަސް ވަނީ އެވެ. ޖެހުނު މައްސަލަތައް ހައްލުކޮށް މިހާރު ފިލްމުގެ ޝޫޓިން އަންނަ މަހު ހަތަރެއްގައި މުމްބާއީގައި ފަށާގޮތަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވަނީ ޑައިރެކްޓަރު އަބީޝެކް ކަޕޫރުގެ އެއްވެސް ކަހަލަ ރޭވުންތެރި ކަމެއް ފިލްމުގެ ޝޫޓިން ތެރޭގައި ނެތް ކަމަށެވެ. އެކަމާ ރުޅި އައިސްގެން އަބީޝެކް ބުނެފައިވަނީ އޭނާ އެ ފިލްމުގެ މަސައްކަތް އެހެން ކުންފުންޏަކާއި އެކު ކުރަން ނިންމާފައިވާ ކަމަށެވެ.

އެކަމާ ހިތް ހަމަ ނުޖެހި ޕްރޮޑަކްޝަން ޓީމުން އަބީޝެކާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ދެ ފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް ފަހު މިހާރު ވަނީ އެ މައްސަލަ ނަގާފައި އެވެ.

މި ފިލްމުގައި ސާރާ އާއި އެކު ފެނިގެންދާނީ ސުޝާންތް ސިންގ ރާޖްޕުޓް އެވެ.

ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް