ކުޑަކުދިންނަށް ހާއްސަކޮށްގެން ތަހުގީގު ކުރާ ކޮޓަރިޓަކެއް ދެ އަތޮޅެއްގައި ހުޅުވައިފި އެވެ.
މި ކޮޓަރިތައް ހުޅުވާފައިވަނީ ދ. ކުޑަހުވަދޫ އާއި ފ. ނިލަންދޫގައި އެވެ. ޖެންޑާ މިނިސްޓްރީ އާއި ޔުނިސެޕް މޯލްޑިވްސް އަދި ފުލުހުން ގުޅިގެން ހުޅުވި މި ކޮޓަރިތައް ހަދާފައިވަނީ ކުޑަކުދިންނާއި ގުޅޭގޮތަށް، ތަފާތު އެއްޗެހި ބޭނުން ކޮށްގެންނެވެ.
މި ދެ ކޮޓަރި ރަސްމީކޮށް ހުޅުވައިދެއްވީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރު ޑރ މަރިޔަމް ޖަބީން އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މިފަދަ ކޮޓަރިތަކެއް ހެދުމުގެ ބޭނުމަކީ ހާނީއްކައާއި އިހުމާލު އަދި އަނިޔާގެ ޝިކާރައަށް ވެފައިވާ ކުދިންނާ މުއާމަލާތުކުރުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކޮށްދީ، ކުޑަކުދިންނާ ގުޅުންހުރި ތަހުގީގުތައް ހަރުދަނާކުރުން ކަމަށެވެ. ކުދިންގެ އުމުރުފުރާތަކަށް ހާއްސަކުރެވިގެން ގާއިމުކުރާ މި ފަދަ ވަސީލަތްތަކުގެ ސަބަބުން ތަހުގީގުގެ މަރުހަލާގައި ކުޑަކުދިންނަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަވާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.
މި ކޮޓަރިތައް ހަދާފައިވަނީ އެ ދެ އަތޮޅުގައި ހުންނަ ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރު (އެފް.ސީ.އެސް.ސީ)ތަކުގައި އެވެ. އެ މިނިސްޓްރީން ބުނީ މިފަދަ ކޮޓަރިތައް ކުރިޔަށް އޮތްތާ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ގާއިމްކޮށްފައިވާ އެފްސީއެސްސީތަކުގައި ހަދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް