ލޯކަލް ކައުންސިލް އިންތިހާބު ތިންވަނަ ފަހަރަށް ފަސްކޮށްފި

އަންނަ މަހު 15 ބާއްވަން އުޅުނު ލޯކަލް ކައުންސިލް އިންތިހާބު ތިންވަނަ ފަހަރަށް ފަސްކޮށްފި އެވެ. އިންތިހާބު ފަސްކޮށްފައިވަނީ އަންނަ މެއި މަހުގެ ހަވަނަ ދުވަހަށެވެ. އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނޫސ...

17 Mar 2017 | 18:11

އަންނަ މަހު 15 ބާއްވަން އުޅުނު ލޯކަލް ކައުންސިލް އިންތިހާބު ތިންވަނަ ފަހަރަށް ފަސްކޮށްފި އެވެ. އިންތިހާބު ފަސްކޮށްފައިވަނީ އަންނަ މެއި މަހުގެ ހަވަނަ ދުވަހަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ އިންތިހާބު ފަސްކުރަން ނިންމީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމުގެ ރޯގަލާއި ގުޅިގެން ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ އާއްމުކޮށް މީހުން އެއްވެ އުޅޭ ނަމަ ހުމުގެ ރޯގާ ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވާނެތީ އެކަންކަމަށް ރިއާޔަތް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ލަފާދީފައިވާކަމަށެވެ.

އިންތިހާބު ފަސްކުރަން ނިންމީ މިރޭ ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގެ ކުއްލި ބައްދަލުވުމެއްގަ އެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން މި އިންތިހާބު ފަސްކޮށްފައިވާއިރު މި އިންތިހާބު އެއްމެ ފުރަތަމަ ބާއްވަން ނިންމީ ޖެނުއަރީ މަހުގެ 14 ގަ އެވެ. ދެން އޭޕްރީލް އަށެއް އަދި 15 ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް