މާލެ އަތޮޅުގެ ރިސޯޓެއް ކަމަށްވާ މަކުނުދޫ އައިލެންޑް ރިސޯޓުގެ ފަރަށް އެރި ދޯންޏަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ރޭ ފަތިހު 03:16 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނު ހަބަރަކާއެކު އެމްއެންޑީއެފްގެ ހާބަރ ކްރާފްޓް 104 ނަންބަރު ލޯންޗް ވަނީ ޑައިވަރުންނާއެކު އެސަރަހަށްދަށް ގޮސް ހަރަކާތްތެރި ވެފައެވެ.
އެމްއެންޑީއެފުން މައުލޫމާތުދޭގޮތުގައި މާލެ އަތޮޅު މަކުނުދޫ އައިލަންޑް ރިސޯޓްގެ ހުޅަނގު ދެކުނު ފަރާތަށް ފަރަށް އަރާފައިވާ ދޯންޏަކީ އެސްޓީއޯއިން ކާޑު ބަރުކޮށްގެން އުތުރުގެ ރަށްތަކަށް ދަތުރުކުރި "އިނާ" ނަމަކަށް ކިޔާ ދޯންޏެކެވެ. މި ދޯނިން ދިވެއްސަކާއި ތިން ބިދޭސީން ދަތުރު ކުރިއިރު 1800 ބަސްތާ ކާޑު ދޯނީގައި ހުއްޓެވެ.
މިދޯނި ފަރަށް އެރުމުގެ ސަބަބުން ދޯނި ވަނީ ވަރަށްބޮޑަށް ދިޔަވެފައި ކަމަށާއި ނަމަވެސް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ ދޯނީގެ ވެރިފަރާތާއި ގުޅިގެން ދޯނި ފުން ކޮށްފައެވެ. މިހާދިސާގައި މިދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމުގައި އެމްއެންޑީއެފުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް