ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމް ރޭގެ ވަގުތެއްގައި ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައިވާކަމަށް މި ނޫހުގައި ޝާއިއު ކޮށްފައިވާ ހަބަރާއި ގުޅިގެން ކިޔުންތެރީންގެ ކިބައިން މައާފަށް އެދެމެވެ.
ތައްޔިބު ހައްޔަރު ކުރުމަށްފަހު ދޫކޮށްލި ކަމަށް ހަބަރު ލިޔަން މެދުވެރިވީ އެ ވަގުތު ތައްޔިބު ގެ ޓްވިޓާ ހޭންޑަލްއިން ޓްވީޓެއް ކުރުމުންނާއި މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ރޭގައި ނުލިބުމުންނެވެ.
ނަމަވެސް ތައްޔިބު ހުރީ އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައިކަން ފުލުހުން މިއަދު ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ. ފުލުހުންގެ އިންފޮމޭޝަން އޮފިޝަރ ވިދާޅުވީ ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ 12:00 ހާއިރު ތައްޔިބު ހައްޔަރުކޮށްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް