ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މާދަމާ ރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރައްވައިފި އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ދަތުރުފުޅު ފަސްކުރެއްވީ މިހާރު ރާއްޖޭގައި ފެތުރެމުން އަންނަ އެޗް1އެން1 ވައިރަސް އާއި ގުޅިގެންނެވެ.
ރަސްގެފާނު ރާއްޖެ ވަޑައިގަތުން ފަސްކުރެއްވި ކަން ރައީސް އޮފީހުން ވަނީ ދުވަހަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވިކަން ރައީސް އޮފީހުން ފަސްކުރެއްވިނަމަވެސް ދަތުރުފުޅު ފަސްކުރެއްވީ ކޮން ތާރީހަކަކަށްކަން ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރައްވާފައިމިވަނީ ރަސްގެފާނަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ ތައްޔާރީތައް ވެފައި ވަނިކޮށެވެ. އެގޮތުން މާލޭގެ ރަސްމީ ފާލަން ސަރަހައްދު ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފައި ވެ އެވެ. އަދި މީގެ ތިން ދުވަސް ކުރިން ފެށިގެން އެ ސަރަހައްދުގައި ސަލާމަތީ ކަންކަން ވަނީ ބަލަހައްޓަން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް