ވަރުންގެ ލޯބިވެރިޔާއެކު ޗުއްޓީއަށް ބެންކޮކަށް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ވަރުން ދަވަން އެންމެ ފަހުން ކުޅުނު ފިލްމުކަމަށްވާ ދުލްހަނިޔާ ބޮކްސް އޮފީހުގައި ހޯދަމުންދާ ކާމިޔާބީއާއެކު ވަރުންމިވަނީ ކުޑަ ޗުއްޓީއެއް ނަގާފައެވެ. މީޑިޔާ ރިޕޯޓުތައް ބުނާގޮތު...

17 Mar 2017 | 06:38

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ވަރުން ދަވަން އެންމެ ފަހުން ކުޅުނު ފިލްމުކަމަށްވާ ދުލްހަނިޔާ ބޮކްސް އޮފީހުގައި ހޯދަމުންދާ ކާމިޔާބީއާއެކު ވަރުންމިވަނީ ކުޑަ ޗުއްޓީއެއް ނަގާފައެވެ. މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ވަރުން އޭނާގެ ލޯބިވެރިޔާއާއެކު ވަނީ ބެންކޮކަށް ގޮސްފައެވެ. ވަރުން ބެންކޮކަށް ދިޔައީ އިޝްތިހާރެއް ޝޫޓްކުރަން ކަމަށްވެއެވެ. އެހެންނަމަވެސް ޝޫޓިންގ އާއެކު ވަރުން މިވަނީ އޭނާގެ ލޯބިވެރިޔާއާއެކު ވަގުތުކޮޅެއް ހޭދަކުރުމަށް ރާވާފައެވެ.

ހަތަރު ދުވަހު ބެންކޮކްގައި ތިބުމަށްފަހު ވަރުން އާއި ނަތާޝާ އެނބުރި އައުމަށް ހަމަޖެހިފައިވަނީ މަރޗް މަހުގެ 18 ވަނަ ދުވަހުއެވެ. ވަރުން އާއި އޭނާގެ ލޯބިވެރިޔާ އާ ދެމީހުން އެއްކޮށް ފެންނަލެއް މިދުވަސްވަރު އަންނަނީ ގިނަވަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން މިއަހަރުތެރޭ ވަރުން އާއި ނަތާޝާ ގެ ކައިވެނި ކުރެވިގެންދާނެއެވެ. ނަމަވެސް ވަރުން އަދި މިކަން ޔަޤީންކޮށްދީފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް