ގެއްލިގެން ހޯދަމުންދިޔަ ދޯނީގެ ހަބަރެއް ވެއްޖެ

ހަބަރެއް ނުވެގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން އިއްޔެ ހޯދަން ފެށި ދޯނީގެ ހަބަރެއްވެފައިވާކަމުގައި އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފުން ބުނީ ހޯދަމުންދިޔަ "ފަހި ރޯދި" ދޯނި މަސސްވެރިކަން ކުރަނ...

17 Mar 2017 | 06:34

ހަބަރެއް ނުވެގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން އިއްޔެ ހޯދަން ފެށި ދޯނީގެ ހަބަރެއްވެފައިވާކަމުގައި އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ހޯދަމުންދިޔަ "ފަހި ރޯދި" ދޯނި މަސސްވެރިކަން ކުރަން އުޅެފައި މިއަދު 8:00 ހާއިރު ޅ އޮޅުވެލިފުއްޓަށް ވަދެފައިވާކަމަށެވެ.

ކ ގާފަރަށް ނިސްބަތްވާ އެ ދޯނި ހޯދަން ފަށާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ހަބަރެއް ނުވުމުން ދޯނީގެ ވެރިފަރާތުން އެކަން އެމްއެންޑީއެފަށް އެންގުމުންނެވެ. އެދޯނީގައި 15 މީހުން ތިބޭނެ ކަމަށް ދޯނީގެ ވެރިފަރާތުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް