ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމް، މިރޭގެ ވަގުތެއްގައި ހައްޔަރުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ތައްޔިބު ހައްޔަރުކޮށްފައިވަނީ މިރޭ 1:30 ހާއިރު އޭނާ ދިރިއުޅޭ ގެއިންނެވެ. ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމުގައިވެސް މައުލޫމާތު ލިބެ އެވެ.
މިރޭ ތައްޔިބު ހައްޔަރުކޮށްފައިވާއިރު ސިޔާސީ ބައެއް ފަރާތްތަކުން ފ ޕްރޮޖެކްޓާއި ބެހޭގޮތުން ދައްކަވާފައިޥާ ވާހަކަތައް ކަމަށްބުނެ އޭނާ ދިޔައީ އޯޑިއޯތަކެއް އަޕްލޯޑްކޮށް ޓްވިޓަރ މެދުވެރިކޮށް ފަތުރަމުންނެވެ.
މިކަމުގައި ފުލުހުންގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް