ފިސްތޯލައިން ފެނުނު އިނގިލީގެ ނިޝާނާ ނާޒިމްގެ އިނގިލީގެ ނިޝާން ދިމައެއް ނުވޭ: ޕޮލިސް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ހަތިޔާރުގައި ހުރި އިނގިލީގެ ނިޝާނާ ނާޒިމްގެ އިނގިލީގެ ނިޝާނާ ދިމާ ނުވާކަމަށް ކޯޓުގައި ފުލުހުން ބުނެފި އެވެ. ނާޒިމްގ...

17 Mar 2015 | 18:42

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ހަތިޔާރުގައި ހުރި އިނގިލީގެ ނިޝާނާ ނާޒިމްގެ އިނގިލީގެ ނިޝާނާ ދިމާ ނުވާކަމަށް ކޯޓުގައި ފުލުހުން ބުނެފި އެވެ.

ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑު އެހުމުގައި މިރޭ ހެކިބަސް ނަގާފައިވާއިރު ހެކިބަސްދިން ފުލުހަކު ބުނީ ހަތިޔާރުގައި ހުރި އިނގިލީގެ ނިޝާނާއި ނާޒިމްގެ އިނގިލީގެ ނިޝާނާ ދިމާނުވާކަމަށެވެ. އަދި އެ އިނގިލީގެ ނިޝާން ފުލުހުންގެ ޑާޓާބޭސްގައި ހުރި އެއްވެސް އިނގިލީގެ ނިޝާނަކާ ދިމާނުވާކަމަށްވެސް ހެކިބަސްދިން ފުލުސްމީހާ ބުންޏެވެ.

ހެކިބަސްދިން ފުލުސްމީހާ އިތުރަށް ބުނީ ހަތިޔާރުގައި ހުރި އިނގިލީގެ ނިޝާނަކީ ކާކުގެ އިނގިލީގެ ނިޝާނެއްކަން ދެނެގަނެވިފައި ނުވާކަމަށެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް