އާއިލާއަށް ފިލައިގެން އުޅުނު އަންހެންކުއްޖާ ހޯދައި، އާއިލާއާ ހަވާލުކޮށްފި

އާއިލާއަށް ފިލައިގެން އުޅުނު 16 އަހަރުގެ އަންހެން ކުއްޖާ ހޯދައި އޭނާގެ އާއިލާއާ ހަވާލު ކޮށްފިއެވެ. ފުލުހުން ބުނީ ސ. ހިތަދޫ، ސްޕޮންޖްގެ، ފާޠިމަތު ރަޝޫފް (16އ) އާއިލާއަށް ފިލާފައިވާކަމަށް އާއިލާގެ ފަރާތ...

17 Mar 2015 | 14:16

އާއިލާއަށް ފިލައިގެން އުޅުނު 16 އަހަރުގެ އަންހެން ކުއްޖާ ހޯދައި އޭނާގެ އާއިލާއާ ހަވާލު ކޮށްފިއެވެ.

ފުލުހުން ބުނީ ސ. ހިތަދޫ، ސްޕޮންޖްގެ، ފާޠިމަތު ރަޝޫފް (16އ) އާއިލާއަށް ފިލާފައިވާކަމަށް އާއިލާގެ ފަރާތުުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މި މާރޗް މަހުގެ 03 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

ފާޠިމަތު ރަޝޫފް ފެނިފައިވަނީ ވިލިމާލެ، ބޭންކް އޮފް މޯލްޑިވްސް ސަރަހައްދުން މިއަދު 14:15 ހާއިރު ކަމަށާއި ފާޠިމަތު ރަޝޫފް ހޯދުމުގައި ރައްޔިތުންގެ ފަރާތުން ލިބިފައިވާ އެހީތެރިކަން ފާހަގަކޮށް މިފުރުޞަތުގައި ޝުކުރު ދަންނަވާ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް