މާލޭގެ އަމާންކަން ބަލަހައްޓައިދީ މިހާރު ފުލުހުން އަމަލު ކުރަމުންދާ ބޭއިންސާފު ގޮތް ދޫކޮށްލުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި މާލެ ސިޓީ ކައުންސިލުން މިއަދު ގަރާރެއް ފާސްކޮށްފި އެވެ.
އެ ގަރާރުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށާއި، ނަޝީދު 13 އަހަރަށް ޖަލު ލުމަށް ހުކުމެއް ކޮށްފައިވަނީ އެ މަނިކުފާނަށް މައްސަލައިން ދިފާއުވުމަށް ފުރުސަތު ނުދީ ކަމަށެވެ.
އަދި އޭގެ ފަހުން މާލޭގައި ހިނގަމުންދާ ކަންމުގައި ވެސް ފުލުހުން އަމަލު ކުރަނީ ބޭއިންސާފުން ކަމަށް އެ ގަރާރުގަ ވެއެވެ.
"އިންސާފުވެރި ނޫން ގޮތެއްގައި ޝަރީއަތްކޮށް ދިގު މުއްދަތަކަށް [ ނަޝީދު] ޖަލަށް ލާފައި ވުމުން އެކަމާ ކަންބޮޑުވެ ސުލްހަވެރި އިހްތިޖާޖު ކުރަމުންދާ ދިވެހި ރައްޔިތުންނަށް ތަކުރާރުކޮށް ތޫނު ހަތިޔާރާއެކު ނުކުމެ ހަމަލާދެމުންދާއިރު އެއިން އެއްވެސް ކަމެއް ނުހުއްޓުވައި ދިވެހި ފުލުހުން ދެ އަތް އުރާލައިގެން އެކަންކަމަށް ތަރުހީބުދޭ ފަދައަކުން އަމަލު ކުރަމުން އެ ދަނީ މި ކައުންސިލުން ހައްދާފައި ހުރި ހިޔާދޭ ބޮޑެތި ފެންފޯއް ރުއްތައް ކަނޑާލި މައްސަލަ ތަހްގީގު ކުރުމުގައި ފުލުހުން އިހްމާލްވި ފަދައިން...،" އެ ގަރާރުގަ ވެއެވެ.
އޭގެ އިތުރުން ލާމަރުކަޒީ ނިޒާމް "ނައްތާލުމަށް" ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެ ނިޒާމް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ނަޝީދުގެ ދިގު މުއްދަތަކަށް ޖަލަށް ލާފައިވުމުން އޭގެ އަސަރު މުޅި ނިޒާމަށް ކުރާނެ ކަމަށް ވެސް ގަރާރުގައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް