ނޫސްވެރިންނަށް ކޯޓަށް ވަނުމުގެ ފުރުސަތު ފަހިކޮށްދިނީ މީޑިއާ ކައުންސިލާ މަޝްވަރާ ކުރުމަށްފަހު : ކްރިމިނަލް ކޯޓު

ތިން ނޫސްވެރިޔަކަށް ކޯޓުގެ ޝަރީއަތްތަކަށް ވަނުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާނެ ކަމަށާއި އެ ފުރުސަތު ފަހިކުރެވުނީ މީޑިއާ ކައުންސިލާއެކު މަޝްވަރާތަކެއް ކުރުމަށްފަހު ކަމަށް ކްރިމިނަލް ކޯޓުން ބުނެފ...

17 Mar 2015 | 08:53

ތިން ނޫސްވެރިޔަކަށް ކޯޓުގެ ޝަރީއަތްތަކަށް ވަނުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާނެ ކަމަށާއި އެ ފުރުސަތު ފަހިކުރެވުނީ މީޑިއާ ކައުންސިލާއެކު މަޝްވަރާތަކެއް ކުރުމަށްފަހު ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

އެ ކޯޓުން ބުނީ  މާރިޗް 13 ވަނަ ދުވަހުގެ 20:30 ގައި ކްރިމިނަލް ކޯޓްގައި ބޭއްވުނު ޝަރީއަތުގެ މަޖިލިސް އަޑުއެހުމަށް ވަތް ނޫސްވެރިންގެ ތެރެއިން ތިން ނޫސްވެރިއަކު ކޯޓު ތެރޭގައި ބަންދުކުރިކަމަށްބުނެ މީޑިއާތަކުގައި ދެކެވޭވާހަކަތަކާއި ގުޅިގެން މީޑިއާ ކައުންސިލުން އިސްނަގައިގެން ކްރިމިނަލް ކޯޓާއި މީޑިއާ ކައުންސިލާ ދެމެދު ބައްދަލުވުންތަކެއް ބޭއްވުނު ކަމަށެވެ.

އަދި ބޭއްވުނު ބައްދަލުވުންތަކުގައި ކުރެވުނު މަސްވަރާތަކުން އެމަސްލައަށް ނިމުމެއް ގެނެވިފައިވާކަމަށާއި އަދި ކްރިމިނަލް ކޯޓާއި އެ ތިންނޫސްވެރިންނާއި ދެމެދު މަޝްވަރާކޮށް އެ ނޫސްވެރިންނަށް އެއްވެސް ހުރަހެއް ނެތި ޝަރީއަތަށް ވަނުމުގެ ފުރުސަތު މިހާރު ކޯޓުން ފަހިކޮށްދީފައިވާނެ ކަމަށް އެ ކޯޓުން ބުނެ އެވެ.

ކޯޓަށް ވަނުން މަނާކޮށްފައި އޮތީ އެމްބީސީގެ މުހައްމަދު އަފްޒަލާއި ސީއެންއެމްގެ މިސްބާހު އައްބާސް އަދި އަވަސްގެ މުއިއްޒު އިބްރާހިމް އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް