އާއިލާއަށް ފިލައިގެން އުޅޭ އަންހެން ކުއްޖަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

އާއިލާއަށް ފިލައިގެން އުޅޭ އަންހެން ކުއްޖަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ. ފުލުހުން ބުނީ އާއިލާއަށް ފިލައިގެން އުޅޭ 16 އަހަރުގެ އަންހެން ކުއްޖަކު ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން ...

17 Mar 2015 | 07:23

އާއިލާއަށް ފިލައިގެން އުޅޭ އަންހެން ކުއްޖަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނީ އާއިލާއަށް ފިލައިގެން އުޅޭ 16 އަހަރުގެ އަންހެން ކުއްޖަކު ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން ކަމަށެވެ.

މި މާރޗް މަހުގެ 03 ވަނަ ދުވަހުގެ ދަންވަރު 1:00 ހާއިރު އާއިލާއަށް ފިލާފައިވާކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ، ސްޕޮންޖްގެ، ފާޠިމަތު ރަޝޫފް (16އ) ކަމަށް ފުލުހުން ބުނެއެވެ. އަދި ފާޠިމަތު ރަޝޫފް ވިލިމާލެއަށް ގޮސްފާނެކަމަށް ލަފާކުރެވޭ ކަމަށް ޢާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ ފާޠިމަތު ރަޝޫފް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފެމިލޯ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމްބަރު 3331510 ނުވަތަ 9790163 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް