ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ދޫނިދޫގައި ބަންދުކުރި މައްސަލައިގާ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކާނަލް މުހައްމަދު ޒިޔާދުގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފި އެވެ.
ތޮލްހަތާއި ޒިޔާދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހެކިބަސްނެގުން މިހާރު ކުރިއަށްދާއިރު ތޮލްހަތުގެ ޝަރީއަތް ތާވަލްކޮށްފައިވަނީ މިއަދު މެންދުރު 2:00 އަށެވެ. ޒިޔާދުގެ ޝަރީއަތް ތާވަލްކޮށްފައިވަނީ މިއަދު ހަވީރު 4:00 އަށެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގާ ދައުލަތުން ފަސް ބޭފުޅެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވެއެވެ. އެ ފަސް ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މި މައްސަލައިގާ 13 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް