އިތުބާރު ކުރެވޭ މަޤާމެއްގައި ތިބި ދެމީހަކު 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ދިވެހި ފުލުހުން ބަލަން ފަށައިފިއެވެ.
މީޑިއާތަކަށް ރޭގައި ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ހުށަހަޅާފައިވަނީ އެ ދެމީހުން މިދިޔަ އަހަރާއި އޭގެ ދެ އަހަރު ކުރިން އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށްވެސް ބުނެފައިވެއެވެ.
"މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް