އިންޑިއާގެ ދެ ސަރަހައްދަކަށް ދެ ބިންހެލުމެއްގެ އަސަރުކޮށްފިއެވެ.
އެ ދެ ސަރަހައްދަކީ އިންޑިއާގެ އުތުރުގެ ސަރަހައްދުން ދިއްލީ ހިމެނޭ ސަރަހައްދާއި އިންޑިއާގެ އިރުމަތީ ސަރަހައްދުން ބިހާރް ހިމެނޭ ސަރަހައްދެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި އުތުރަށް ބިންހެލުމުގެ އަސަރު ކުރީ އިންޑިއާ ގަޑިން ފަތިހު 05:30 ހާއިރުގައެވެ. ރިކްޓާ މިނުން 4.0ގެ އެ ބިންހެލުމުގެ އަސަރު ދިއްލީ، ނޮއިޑާ، ގްރޭޓަރ ނޮއިޑާ، ގާޒިއާބާދަށް ކުރި ކަމަށާއި އެ ސަރަހައްދުގެ އުސް އިމާރާތްތަކުން މީހުން މަގުމައްޗަށް ޖަމާވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ދެވަނަ ބިންހެލުމެއްގެ އަސަރުކޮށްފައިވަނީ އިރުމަތީ އިންޑިއާގެ ބިހާރު ސްޓޭޓް ހިމެނޭ ސަރަހައްދަށެވެ. އެ ސަރަހައްދަށްވެސް ކޮށްފައިވަނީ ރިކްޓަރ މިނުން ނަމަ 4.0ގެ ބިންހެލުމެއްގެ އަސަރެވެ. އެ ބިންހެލުން އައިސްފައިވަނީ އިންޑިއާ ގަޑިން ހެނދުނު 08:00 ހާއިރުގައެވެ.
މި ދެ ބިންހެލުމާއި ގުޅިގެން މީހަކަށް އަނިޔާއެއް، އިމާރާތަކަށް ގެއްލުމެއް ލިބުނުކަމެއް އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ. ނަމަވެސް އާފްޓަރ ޝޮކްސްގެ ގޮތުގައި އިތުރު ބިންހެލުންތަކެއް އަތުވެދާނެކަމަށް ބަލައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް