ކޮސޯވޯގެ މިނިވަންދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސަށާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ކޮސޯވޯގެ 16 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ކޮސޯވޯގެ ރައީސް ވިޔޯސާ އޮސްމާނީއަށާއި، ބޮޑުވަޒީރު އަލްބީން ކުރްތީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއް...

17 Feb 2024 | 05:54

ކޮސޯވޯގެ 16 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ކޮސޯވޯގެ ރައީސް ވިޔޯސާ އޮސްމާނީއަށާއި، ބޮޑުވަޒީރު އަލްބީން ކުރްތީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، އެމަނިކުފާނު ވަނީ ކޮސޯވޯގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ދެ މެސެޖުވެސް ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ކޮސޯވޯގެ ރައީސަށާއި ބޮޑުވަޒީރަށް، ދުޅަހެޔޮ ޞިއްޙަތާއި އުފާފާގަތިކަމަށް އެދިވަޑައިގަންނަވައި، ކޮސޯވޯގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވައި، އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް