ދަ މަރކެޓަރސް ސަމިޓް 2024ގެ ޑިޖިޓަލް ޕަރޓްނަރަކަށް ދިރާގު

ދަ މަރކެޓަރސް ސަމިޓް 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ. މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 23 އިން 24 ފެބުރުވަރީ 2024ގެ ނިޔަލަށް، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގ...

17 Feb 2024 | 05:47

ދަ މަރކެޓަރސް ސަމިޓް 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 23 އިން 24 ފެބުރުވަރީ 2024ގެ ނިޔަލަށް، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ސީއޭ އޯޑިތޯރިއަމްގައެވެ. މިއީ މި އިވެންޓްގެ ދެވަނަ އެޑިޝަނެވެ.

ގްލޯޓެބް އިންވެސްޓްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ މި އިވެންޓް ވެގެންދާނީ ރާއްޖޭގެ މާކެޓިން ދާއިރާއަށް ޚާއްސަކޮށްގެން ބޭއްވޭ އެންމެ އުންމީދީ އެއް ހަރަކާތަށެވެ. އެގޮތުން މި އިވެންޓްގައި މި ސިނާއަތުގެ އިސްވެރިންނާއި މާކެޓިންގ ޕްރޮފެޝަނަލުންނާއި އުއްމީދީ ހުނަރުވެރިން އެއް ތަނަކަށް އެއްކޮށް، މާކެޓިންގ ދާއިރާގެ މުސްތަޤްބަލު ބައްޓަންކުރާނެ ކަމަށް ލަފާކުރެވޭ އެންމެ ފަހުގެ ޓްރެންޑްތަކާއި ސްޓްރެޓެޖީތަކާއި ޓެކްނޮލޮޖީތައް ދެނެގަނެވޭނެއެވެ.

މި އަހަރުގެ ދަ މަރކެޓަރސް ސަމިޓްގައި މައިގަނޑު ގޮތަކަށް އަލިއަޅުވާލާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އާއި މި އައު އިޖާދީ ޓެކްނޮލޮޖީގެ ސަބަބުން މާކެޓިންގ ޓްރެންޑްސް އަދި ޑައިނަމިކްސްއަށް ކުރާ އަސަރުގެ މައްޗަށެވެ. މިގޮތުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓުގައި ދިވެހި އަދި ބައިނަލްއަގްވާމީ ކަމާބެހޭ ފަރާތްތައް ތަފާތު މައުޟޫއުތަކާ ބެހޭ ގޮތުން އެބޭފުޅުންގެ ވިސްނުމާއި އުކުޅުތައް ބައިވެރިންނާ ހިއްސާކުރާނެއެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްޤީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުންދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް