ފައިސާގެ ބޮޑެތި އިނާމުތަކަކާއެކު މިފްކޯގެ ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.
މިފްކޯގެ ރޯދަ ޕްރޮމޯޝަން ފަށާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ މިފްކޯގެ މަސް ފިހާރައިގައި ރޭ އޮތް ރަސްމިއްޔާތެއްގައެވެ.
މި ޕްރޮމޯޝަން ފައްޓަވައިދެއްވީ މިފްކޯގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އިޒްހާން އެވެ.
މިފްކޯއިން ބުނީ މިއަދުން ފެށިގެން މިއަހަރުގެ އޭޕްރީލް 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި މިފްކޯގެ މަސްފިހާރަތަކުން 200 ރުފިޔާ އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރާނެ ކަމަށެވެ. އަދި މި ކޫޕަން ދޫކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތެއް ހޮވާނެ ކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
މިގޮތުން މިފްކޯއިން ބުނީ މި ޕްރޮމޯޝަންގައި އެއްވަނަ އަށްދާ ނަސީބުވެރިޔަކަށް 100،000 ރުފިޔާ ހަމަޖެހިފައި ވާއިރު ދެވަނަ އަށް ހޮވޭ ނަސީބުވެރިޔަކަށް 45،000 ރުފިޔާ އަދި ތިންވަނަ އަށް ހޮވޭ ނަސީބުވެރިޔަކަށް 25000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ރޯދަ މަހާ ދިމާކޮށް މިފްކޯ އިން އަލަށް ބާޒާރަށް ނެރުނު މަސްދަޅު ޕެކްތަކުގައި ހަ ދަޅުގެ ޕެކާއި، 12 ދަޅުގެ ޕެކާއި 24 ދަޅުގެ ޕެކާއި އަދި 48 ދަޅުގެ ޕެކް ހިމެނެއެވެ.
މި ޕްރޮމޯޝަން މިފްކޯގެ މާލޭ ފިހާރަ، ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގައި ހުޅުވާފައިވާ ފިހާރައިގެ އިތުރުން އައްޑޫ ސިޓީ މިފްކޯ ފިހާރައިގަ ކުރިޔަށް ދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް