ޗައިނާއާ ރާއްޖެއިން އޮން އެރައިވަލް ވިސާ އެއްބަސްވުމަށް އަމަލު ކުރަން ފަށައިފި

ރާއްޖެ އާއި ޗައިނާ ދެމެދު ވެފައިވާ އޮންއެރައިވަލް ވިސާގެ އެއްބަސްވުމަށް އަމަލު ކުރަން ފަށައިފި އެވެ. އެ އެއްބަސްވުމަކީ މިދިޔަމިދިޔަ އަހަރު ސޮއިކުރި ވިސާ ފްރީ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތު...

17 Feb 2023 | 16:19

ރާއްޖެ އާއި ޗައިނާ ދެމެދު ވެފައިވާ އޮންއެރައިވަލް ވިސާގެ އެއްބަސްވުމަށް އަމަލު ކުރަން ފަށައިފި އެވެ.

އެ އެއްބަސްވުމަކީ މިދިޔަމިދިޔަ އަހަރު ސޮއިކުރި ވިސާ ފްރީ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ރާއްޖޭން އޮން އެރައިވަލް ވިސާ ދޭން ފަށައިފި އެވެ.

ކުރިން ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް ވިސާއަށް ލުއި ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއި ކުރީ މިދިޔަ އަހަރު އެވެ. އެކަމަކު އެއްބަސްވުމަށް އަމަލު ކުރަން ނުފަށާ އޮތީ ކޯވިޑް-19 އާ ގުޅިގެން ޗައިނާގައި އެޅި ފިޔަވަޅުތަކާއި ގުޅިގެންނެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ އޮން އެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމަށް މިހާރު ރަސްމީކޮށް އަމަލުކުރަން ފަށާފައިވާކަމަށެވެ.

އެއާއި އެކު 30 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަށް ރާއްޖެ އަންނަ ޗައިނާ މީހުންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ވެސް ޗައިނާއިން ލިބޭނީ 30 ދުވަހުގެ އޮން އެރައިވަލް ވިސާއެކެވެ.

އެކަމަކު ބާވަތެއްގެ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ ނޫސްވެރިކަމުގެ ދާއިރާގެ މަސައްކަތެއް ކުރަން އަންނަ ނަމަ އެކަމަށް ދުރާލައި ވިސާ ހޯދަން ޖެހޭނެ އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު އިތުރު ދާއިރާތަކަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ވެސް މިދިޔަ އަހަރު ދެ ގައުމުން ސޮއިކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް