ކްރޮސް ސަބްސިޑަރީ އުސޫލުން މަޑިވަރު އެއާޕޯޓް ތަރައްޤީ ކުރަނީ

ކްރޮސް ސަބްސިޑަރީ އުސޫލުން ޅ. އަތޮޅުގައި ހުޅުވާފައިވާ މަޑިވަރު އެއާޕޯޓް ތަރައްޤީ ކުރަން ހުޅުވާލައިފި އެވެ. އެގޮތުން ރައީސް ޞާލިހު ހުށަހެޅުއްވި ގަރާރެއްގެ ދަށުން ބަދަލުގައި ރަށެއް ދޭގޮތަށް މަޑިވަރު އެއ...

17 Feb 2023 | 15:19

ކްރޮސް ސަބްސިޑަރީ އުސޫލުން ޅ. އަތޮޅުގައި ހުޅުވާފައިވާ މަޑިވަރު އެއާޕޯޓް ތަރައްޤީ ކުރަން ހުޅުވާލައިފި އެވެ.

އެގޮތުން ރައީސް ޞާލިހު ހުށަހެޅުއްވި ގަރާރެއްގެ ދަށުން ބަދަލުގައި ރަށެއް ދޭގޮތަށް މަޑިވަރު އެއާޕޯޓް އިތުރަށް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީ ކުރުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ.

އަދި މަޑިވަރު އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން އެންމެ މަދުވެގެން 77 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށް އެ ގަރާރުގައި ބުނެފައި ވެއެވެ.

މަޑިވަރު އެއާޕޯޓަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާގެ ކުރެއްދޫ ހޯލްޑިންގްސް އިން ޖުމްލަ 170 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުއެކެވެ. އަދި މިއީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު  ތަރައްޤީ ކޮށް އައިލެންޑް އޭވިއޭޝަނާއި ހިންގުން ހަވާލުކޮށްފައިވާ އެއާޕޯޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް