ޕްރިންސް ވިލިއަމް ލޯބިވެރިންގެ ދުވަސް ވަގު ލޯބިވެރިޔާއާ އެކު ފާހަގަ ކުރިކަން ފަޅާ އަރައިފި

އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަން އެމީހުން ފާހަގަ ކުރާ ލޯބިވެރިންގެ ދުވަސް ވަގު ލޯބިވެރިޔާ އާއި އެކު ފާހަގަ ކުރިކަން ފަޅާ އަރައިފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ފެބްރުއަރީ 14 ގައި ފާހަގަ ކުރާ ލޯބިވެ...

17 Feb 2023 | 10:25

އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަން އެމީހުން ފާހަގަ ކުރާ ލޯބިވެރިންގެ ދުވަސް ވަގު ލޯބިވެރިޔާ އާއި އެކު ފާހަގަ ކުރިކަން ފަޅާ އަރައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ފެބްރުއަރީ 14 ގައި ފާހަގަ ކުރާ ލޯބިވެރިންގެ ދުވަސް އައުމުގެ ކުރިން ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސްއިންއިން ވަނީ ގަނޑުވަރުގައި އެ ދުވަސް އާއިލާއިން ފާހަގަ ކުރަން ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދަން ނިންމާފައިވާކަން ހާމަކޮށްފައި އެވެ. އެކަމަކު އެ ހަރަކާތްތައް ފަހު ވަގުތު ކެންސަލް ކުރީ ކަމަށްވެ އެވެ.

އެ ހަރަކާތްތައް ކެންސަލް ކުރީ ޕްރިންސް ވިލިއަމަށް ހަރަކާތްތަކުގައި ބައިވެރި ނުވެވޭނެ ކަމަށް އެންގުމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި އަނބިކަނބަލުން އަދި ޕްރިންސަސް ކޭޓް މިޑިލްޓަން އާއި އެކު އެ ދުވަސް ފާހަގަ ކުރުމުގެ ބަދަލުގައި ވިލިއަމް ދިޔައީ ވަގު ލޯބިވެރިޔާ ކައިރިއަށެވެ. އެ ދެމީހުން އެކުގައި ވަގުތު ހޭދަކޮށް ލޯބިވެރިންގެ ދުވަސް ފާހަގަ ކުރިކަން ވަގު ލޯބިވެރިޔާގެ ގާތް މީހުން ނަން ނުޖަހަން ޝަރުތުކޮށް މީޑިއާގައި ހާމަކޮށްފައި އެވެ.

ޕްރިންސް ވިލިއަމްގެ ސިއްރު ލޯބިވެރިޔާ އަކީ ކޭޓްގެ ކުރީގެ ބެސްޓު ފްރެންޑެއްކަމަށްވާ ރޯސް ހަންބުރީ އެވެ. އެ މައްސަލައިގަ ކޭޓް އާއި ރޯސްގެ އެކުވެރިކަން ވަނީ ނިމުމަކަށް އައިސްފައި އެވެ.

ޕްރިންސް ވިލިއަމް އާއި ރޯސްގެ ގުޅުން އޮންނަކަން ފަޅާ އެރީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ވަނީ ވަރަށް ސިއްރު ޕާޓީއެއްގެ ތެރޭގައި ދެމީހުންގެ ގައި ގޯޅިކޮށް ތިއްބަ ނަގާފައިވާ ފޮޓޯތަކެއް ލީކުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް