މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވާ އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، ހުންނެވި ދިމާއެއް ސާފުވާނީ އިންޑިޔާ ސިފައިން މިހާރުން މިހާރަށް ފައިބަން ގޮވާލުމުން ކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވެއްޖެ އެވެ.
ތޯރިގް މިހެން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ޔާމީން ޖަލުގައި އޮވެގެން ނުވާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެވެން ވާނެ ކަމަށް ރޭ ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވުމާއި ގުޅިގެންނެވެ.
އެގޮތުން މިކަމަށް އިޝާރަތް ކުރައްވާ ތޯރިގު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިޔައީ ރައީސް ޔާމިންގެ ސަޕޯޓަރުންގެ ވޯޓްލިބޭނެ ކަމަށް ދައްކަވާ ވާހަކައެއް ނަމަ ހިތާމަ ހުރިކަމަށެވެ.
އަދި ރައީސް ޔާމިން ކުރައްވަނީ ރާއްޖެ މިނިވަންކުރުމުގެ ޖިހާދެއް ކަމަށް ތޯރިގުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ނާޒިމްގެ ފިކުރާއި ހުރި ދިމާލެއް ސާފުވާނީ އިންޑިޔާ ސިފައިން މިހާރުން މިހާރަށް ފައިބަން ގޮވާލުމުން ކަމަށް ތޯރިގުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް