ޖަޕާނު މީހާ އަތުގައި ރެސިޑެންޓް ވިސާ އެބައޮތް، އޭނާ އިމިގްރޭޝަން ގާނޫނާއި ހިލާފުވިތޯ ބަލަނީ!

މާލޭ މަގުމަތީގައި ސަލާން ޖަހަން އުޅޭ ޖަޕާނު މީހާ ރާއްޖޭގައި އުޅެމުން ދަނީ ރެސިޑެންޓު ވިސާގައި ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ. އެމީހާ ސަލާން ޖަހަން އުޅޭކަން ހާމަކުރީ ބަޔަކު ސޯޝަލް މީޑިއާގައި އެވެ. ބ...

17 Feb 2023 | 05:56

މާލޭ މަގުމަތީގައި ސަލާން ޖަހަން އުޅޭ ޖަޕާނު މީހާ ރާއްޖޭގައި އުޅެމުން ދަނީ ރެސިޑެންޓު ވިސާގައި ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އެމީހާ ސަލާން ޖަހަން އުޅޭކަން ހާމަކުރީ ބަޔަކު ސޯޝަލް މީޑިއާގައި އެވެ. ބައެއް މީހުން ބުނި ގޮތުގައި އޭނާ ސަލާން ޖަހަނީ އެ އަންހެން މީހާގެ ފާރިސް ކިޔާ ދިވެހި ފިރިމީހާ އޭނާ ވަރިކޮށް، ގެއިން ނެރެލުމުން ކަމަށެވެ.

މިކަން ފުލުހުންގެ ސަމާލު ކަމަށް އައިސްގެން ފުލުހުން ވަނީ އެ އަންހެން މީހާ ހޯދައި އިމިގްރޭޝަނާއި ހަވާލުކޮށްފައި އެވެ. އެމީހާ އިމިގްރޭޝަނާއި ހަވާލު ކުރީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާއިން ބެލި ބެލުމުން އޭނާ ކައިވެނި ކޮށްގެން އުޅެނީ ދިވެހި ފިރިހެނަކާއި ކަން އެނގިފައިވާ ކަމަށެވެ. އަދި އޭނާ ރާއްޖޭގައި އުޅެނީ ރެސިޑެންޓު ވިސާގައި ކަމަށް ބުންޏެވެ.

މީގެ ކުރިން މީހުން އެއީ ޖަޕާނު މީހެއް ކަމަށް ބެލެވޭ މީހެކޭ ބުނެފައިވާއިރު އިމިގްރޭޝަންގެ ބަޔާނުގައި ވަނީ އެ އަންހެން މީހާ އކީ ޖަޕާނު މީހެއްކަން ކަށަވަރު ކޮށްދީފައި އެވެ.

އިމިގްރޭޝަނުން ބުނީ އޭނާގެ ފަރާތުން މުޖުތަމައުގެ އާންމު ހަމަޖެހުމާއި ރައްކާތެރިކަމާއި ގުޅުވައި ފާހަގަ ވެފައިވާ މައްސަލަ ބަލަމުންދާ ކަމަށެވެ. އެގޮތުން އެ މައްސަލައިގަ ރާއްޖޭގެ އިމިގްރޭޝަން ގާނޫނާއި ހިލާފު ކަންތައްތަކެއް ހިމެނޭތޯ ކަށަވަރުކޮށް އިތުރަށް ބަލަމުންދާ ކަމަށް ބުންޏެވެ.

ސަލާން ޖަހަން އުޅުނު އެ އަންހެން މީހާ މީހުން ކައިރީ ބުނަމުން ދިޔައީ ފާރިސް ކިޔާ ފިރިމީހާ އާއި ކައިވެނިކޮށްގެން އުޅޭތާ 15 އަހަރުވެއްޖެ ކަމަށެވެ. ބައެއް މީހުން ކައިރީ ބުނެފައިވަނީ ފިރިމީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފައިސާ ބޭނުން ވެގެން އުޅޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް