އެމްޑީޕީ ޖީޕީ ލީޑަރުކަމަށް ދެ ބޭފުޅުން އަދި ނައިބު ލީޑަރުކަމަށް ތިން ބޭފުޅުން ވާދަކުރައްވާ

އެމްޑީޕީން މާދަމާ ބާއްވާ ޕާލަމެންޓްރީ ގްރޫޕުގެ މަގާމުތަކަށް ބޭފުޅުން ހޮވުމުގެ އިންތިހާބު ވާދަވެރިވާނެ ކަމަށް ބެލެވެން ފަށައިފި އެވެ. އިންތިހާބުގައި ހޮވުމަށް ހަމަޖެހިފައިވަނީ، ޕީޖީ ލީޑަރު، ޑެޕިއުޓީ ލީޑ...

17 Feb 2022 | 17:21

އެމްޑީޕީން މާދަމާ ބާއްވާ ޕާލަމެންޓްރީ ގްރޫޕުގެ މަގާމުތަކަށް ބޭފުޅުން ހޮވުމުގެ އިންތިހާބު ވާދަވެރިވާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

އިންތިހާބުގައި ހޮވުމަށް ހަމަޖެހިފައިވަނީ، ޕީޖީ ލީޑަރު، ޑެޕިއުޓީ ލީޑަރު، އަމީން އާންމު، ޑެޕިއުޓީ އަމީން އާންމު، ޗީފް ވިޕް އަދި ވިޕުން6 އެވެ.

އެމްޑީޕީން ބުނީ ޕީޖީ ލީޑަރު ކަމަށް ދެ ބޭފުޅަކު ވާދަ ކުރައްވާ ކަމަށެވެ. އެއީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ.

ނައިބް ލީޑަރުންގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރު ވެސް އެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ އިތުރުން އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

ޕީޖީ ގުރޫޕްގެ އިންތިހާބު ބޭއްވުމަށް ހަމަޖައްްސާފައިވަނީ މާދަމާ މެންދުރުފަހު 1:30 އިން ހަވީރު 5:30 އަށް އެމްޑީޕީގެ ހެޑް އޮފީހުގަ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ޖުމްލަ 65 މެންބަރުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް