ރާއްޖެއަށް މުދާ އިމްޕޯޓް ކުރުމުގައި އިންޑޮނޭޝިޔާ މާކެޓަކީ ދިވެހި ވިޔަފާރިވެރިންގެ މެދުގައި މަގްބޫލުކަން އިތުރުވަމުން އަންނަ މާކެޓެކެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލައިލުމުން އެކަން އެނގިގެން ދެއެވެ.
ކާޑާއި ގޮވާމުގެ ބާވަތްތައް، ތާޒާ މޭވާއާއި ތަރުކާރީ، ދިރޭ މަހާއި ގަސް، ދުފުމުގައި ބޭނުންކުރާ ބާވަތްތައް އިންޑޮނޭޝިޔާ ބާޒާރުން ގިނަ އަދަދަކަށް ކޮންމެ މަހަކު، ކޮންމެ ކުއާޓާއަކު ކޮންމެ އަހަރަކު އަންނަނީ އެތެރެ ކުރަމުންނެވެ. އަދި އިންޑޮނޭޝިޔާއިން އެތެރެކުރެވޭ ނިސްބަތް އަަހަރަކަށްވުރެ އަހަރެއް އަންނަނީ އިތުރުވެސް ވަމުންނެވެ.
އެހެން ނަމަވެސް ދިވެހި ވިޔަފާރިވެރިންނަށް ބައެއް ފަހަރު އިންޑޮނޭޝިޔާ ބާޒާރުންވެސް ދެރަ ކަންކަމާ، ހާލަތްތަކާ ކުރިމަތިލާން ޖެހޭ ފަހަރު އާދެއެވެ. ބައެއް ފޭކް އުފެއްދުންތައް ހެޔޮ އަގުގައި ދިވެހި ވިއްކުމާއި، ވިޔަފާރީގެ މުއާމަލާތްތަކުގައި ލަނޑު ލިބުމަކީ ދިވެހި ވިޔަފާރިވެރިންނަށް އިންޑޮނޭޝިޔާ ބާޒާރުގައިވެސް މަދުންނަމަވެސް ދިމާވާ ކަމެކެވެ.
ދިވެހި ވިޔަފާރިވެރިންނަށް ދިމާވާ މިފަދަ ދަތިތައް ހައްލުކޮށްދީ، އިންޑޮނޭޝިޔާގެ ފުޅާ ބާޒާރު އިމެއް މިނެއްނެތި ހުޅުވާލަދިނުމުގެ ނިޔަތުގައި ދިވެހި ކުންފުންޏަކުން މިވަނީ އިންޑޮނޭޝިޔާގައި ފުޅާ ދާއިރާއެއްގައި ހިދުމަތް ދޭން ފަށާފައެެވެ.
އެ ކުންފުންޏަކީ ޕީޓީ އިންޑޯ ރާއްޖެ ޓްރޭޑިން އިންޓަނޭޝަނަލް، ނުވަތަ ކުރުކޮށް ބުނާނަމަ އިންޑޯ ރާއްޖެއެވެ.
ކުންފުނީގެ އުމުރު އަދި ހަގު ނަމަވެސް، މި ކުންފުނިން އަންނަނީ ދިވެހި ވިޔަފާރިވެރިންގެ މެދުގައި އިތުބާރާއި ޔަގީންކަމާއެކު އިންޑޮނޭޝިޔާ ބާޒާރާއި ދިވެހި ވިޔަފާރިވެރިން ގުޅުވާލަދެމުންނެވެ. ވަކިން ހާއްސަގޮތެއްގައި ދުފުމުގައި ބޭނުންކުރާ ފޯކާއި ބިލެތް ފަދަ ތަކެތި އެހެން އެއްވެސް ބާޒާރަކުން ނުލިބޭނޭހާ ހެޔޮކޮށް، ތާޒާ ކަމާއެކު ދިވެހި ވިޔަފާރިވެރިންނަށް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ.
އިންޑޯ ރާއްޖެއާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޔާސީން ސިރާޖް ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ އިންޑޮނޭޝިޔާގެ އުފެއްދުންތައް ހެޔޮ އަގުގައި ދުނިޔޭގެ ބާޒާރަށް ތައާރަފްކޮށް ވިއްކުން ކަމަށެވެ. މިވަގުތު ރާއްޖެއަށް ހިދުމަތް ދެމުން އަންނައިރު އެންމެ ފުރިހަމަ ކޮލިޓީގައި ދިވެހި ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމަކީވެސް އަމާޒެއް ކަމުގައި ޔާސީން ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަގޮތެއްގައި ދުފުމުގައި ބޭނުންކުރާ ފޯކަކީ އެ ކުންފުނިން އެންމެ ފުޅާ ދާއިރާއެއްގައި ޓްރޭޑްކުރާ އެއް އުފެއްދުން ކަމުގައި ޔާސީން ވިދާޅުވިއެވެ.
ރާއްޖެއަށް ފޯއް އެންމެ ގިނައިން މިހާރު އެެތެރެ ކުރެވެމުން އަންނަނީ އަވަށްޓެރި އިންޑިއާއިންނެވެ. އިންޑޮނޭޝިޔާ ހިމެނެނީ ދެވަނަައިގައެވެ.
"ތިން ވަރަކަށް އަހަރުވެދާނެ ހާއްސަގޮތެއްގައި ފޯއް ކަންތަކުގަ ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ދިރާސާތަކެއް ކުރެވެމުން އަންނަތާ" ޔާސީންގެ މަސައްކަތް ފަށައިގަތް ހިސާބު ސިފަކޮއްދެއްވަމުން އޭނާ ވިދާޅުވިއެވެ.
ޔާސީން ވިދާޅުވީ އެގޮތުން މިހާރު އިންޑޮނޭޝިޔާގައި އެއް ހެކްޓަރުގެ ބިމެއްގައި ފެކްޓަރީއެއް ގާއިމުކުރެވި ފޯއް ބަންދު ކުރުމުގެ ހިދުމަތް ދީ އެ ހިދުމަތް މިހާރު އިންޑޯ ރާއްޖެއިން ފުޅާ ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ފޯކާއި ބިލެތް، ފަރުނީޗަރާއި ގާމެންޓްސް ފަދަ އުފެއްދުންތައް ސީދާ އެ އުފެއްދުމެއް އުފައްދާ ކުންފުނިތަކުން ދިވެހި ވިޔަފާރިވެރިންނަށް ހެޔޮ އަގުގައި ލިބޭނޭ އިންތިޒާމު އިންޑޯ މޯލްޑިވްސް އިން މިހާރު ފަހިކޮށްދެމުން އަންނަ ކަމުގައި ޔާސީން ވިދާޅުވިއެވެ.
"މިހާރުވެސް ރާއްޖޭގެ ބައެއް ބޮޑެތި ވިޔަފާރިވެރިން އަޅުގަނޑުމެންގެ ހިދުމަތްތައް ހޯދަމުން އެބަ ގެންދަވާ، އަޅުގަނޑުމެންގެ އަދި އަޅުގަނޑުމެންނާއި ގުޅުން ހުރި އުފެއްދުންތައް ރާއްޖެ އެތެރެ ކުރެވެމުން އެބަ ގެންދޭ" ދިވެހި ވިޔަފާރިވެރިންގެ އިތުބާރު މިހާރުވެސް ގާއިމްވަމުން އަންނަކަން އުފަލާއެކު ފާހަގަކުރަމުން ޔާސީން ވިދާޅުވިއެވެ.
ވިޔަފާރި އިތުރަށް ފުޅާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ހިޔާލާއި ލަފާ ދެއްވުމުގައި އިންޑޮނޭޝިޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ކޮންސުލް ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު) އަދި ދިވެހި ވިޔަފާރިވެރިޔާ ލޮޓަސް އާއްޓޭގެ އިތުރުން ހުޅުމާލޭ އޮލިވް ޓްރީ ޝޮޕްސްގެ ވެރިޔާ އަބްދުﷲ ޖަލީލްފަދަ ބޭފުޅުންގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުމަށް ޔާސީން ޝުކުރު އަދާކުރައްވައެވެ. އަދި އިންޑޮނޭޝިޔާގެ އެމްބަސީން ލިބެމުން އަންނަ އެހީތެރިކަންވެސް ޔާސީން ފާޙަގަކުރައްވައެވެ.
ޔާސީން ވިދާޅުވީ އުފެއްދުންތައް އެއާ ފްރައިޓް އަދި ސީ ފްރައިޓް މެދުވެރިކޮށް އެހެން ހުރިހާ ދިމާއަކަށްވުރެ ހެޔޮ އަގުގައި ރާއްޖެ އިމްޕޯޓް ކުރެވޭނެ އިންތިޒާމުތައް މިހާރު އިންޑޯ ރާއްޖެއިން ގާއިމްކޮށްފައިވާކަމަށެވެ.
ދިވެހި ވިޔަފާރިވެރިންނަށް އިންޑޯ ރާއްޖެއާ ގުޅާލުމަކީވެސް ވަރަށް ފަސޭހަ ކަމެކެވެ. މެއިން ފޯކަލް ކޮންޓެކްޓް އޮޕްޝަނަކީ ވަޓްސް އެޕް ނަމްބަރު ( 811-9135-388 62+ )އެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ކަމުގައިވާ އިންސްޓަގްރާމް، އެފްބީ އަދި ޓްވިޓާގައި އިންޑޯރާއްޖޭގެ އެކައުންޓްތައް އަންނަނީ ހިންގަމުންނެވެ.
އިންޑޯ ރާއްޖޭގެ އަމާޒަކީ ދިވެހި ވިޔަފާރިވެރިންނަށް އެންމެ ހެޔޮ އަގުގައި ކޮލިޓީ އުފެއްދުންތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމުގައި އެ ކުންފުނިން ދެކެއެވެ.
އިންޑޯ ރާއްޖެ، ފޭސްބުކް ޕޭޖް: https://web.facebook.com/indoraajje
އިންޑޯ ރާއްޖެ، ޓްވިޓާ: https://twitter.com/indoraajje
އިންޑޯ ރާއްޖެ، އިންސްޓަގްރާމް: https://instagram.com/indoraajje
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް