ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން92 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ މެންދަމު3:27 ގައި އެވެ.
އެމީހާ މަރުވީ ގދ. ތިނަދޫ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި290 ވަނަ މީހާ އެވެ.
ކޯވިޑްގެ ތަފާސް ހިސާބު ދައްކާގޮތުން މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު އިއްޔެ ވަނީ162،169އަށް އަރާފަ އެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން146،161 މީހުން ރަނގަޅުވެފައިވާއިރު15،706 މީހުންނަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް