އުރީދޫ މޯލްޑިވްސް އިން މިއަދު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މެސެޖިންގ ޕްލެޓްފޯމް، ރަކުޓެން ވައިބަރ އާއި އެކު ޕާޓްނަރވެ، ވައިބަރ މެދުވެރިކޮށް ފަސޭހަކަމާއެކު އެކަކު އަނެކަކަށް ފައިސާ ފޮނުވޭ ގޮތް ހަދައިފިއެވެ.
އުރީދޫ އިން މި އީޖާދީ ހިދުމަތް ތައާރަފްކޮށްފައިވަނީ، ވަކި ވަކި ކަސްޓަމަރުންނަށާއި އޮންލައިން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓް އަދި ކޯނަރ ޝޮޕްތައްފަދަަ ި ކުދި ވިޔަފާރި ވެރިފަރާތްތަކަށް އިތުބާރައި ފަސޭހަ ކަމާއެކު ފައިސާ ޓްރާންސްފަރ ކުރެވޭނެ ހައްލެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ.
ވައިބާމެދުވެރިކޮށް އެމް-ފައިސާ އިން ފައިސާ ފޮނުވާ ފުރަތަމަ 1000 ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ގޮތުގައި އެމް-ފައިސާ ވޮލެޓަށް 25 ރުފިޔާގެ ކޭޝްބެކް އެއް ލިބޭނެކަމުގައިވެސް އެކުންފުނިންވަނީ ބުނެފައެވެ. މި އޮފަރ ލިބިގެންދާނީ ސިލްވަރ ނުވަތަ ގޯލްޑް ވޮލެޓު ގެންގުޅުއްވާ ކަސްޓަމަރުން ގެ ތެރެއިން މި މަހުގެ ތެރޭގައި އެންމެ މަދުވެގެން 500 ރުފިޔާ ކޭޝް-އިން ކުރައްވަައިފައިވާ ކަަސްޓަމަރުންނަށެވެ.
ވައިބަރ ޕްލެޓްފޯމަކީ ދިވެހިންގެ ތެރޭގައި ވަރަށް ގިނައިން ބޭނުންކުރާ މަގުބޫލު މެސެޖިންގ ޕްލެޓްފޯމެކެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް ރައްޓެހިންނާއި އާއިލާ އާއި ގުޅުވާލަދިނުމުގެ އިތުރުން ބިލް ފައިސާ ދައްކާ ސްލިޕްތައް ވިޔަފާރިތަކާއި ކަސްޓަމަރުން ހިއްސާކުރާ ހިއްސަކުރުމަށް ވައިބަރ ބޭނުންކުރާ ކުރުން ވަަނީ އިތުރުވެފައެވެ.
މިއާއެކު ސްކޭމްތަކާއި ޓްރާންސެކްޝަން ސްލިޕްތައް ފޯޖް ކުރުންވެސް ވަނީ އިތުރުވެފައެވެ. އެހެންކަަމުން މި ޚިދުމަތާއެކު ކަސްޓަމަރުންގެ އެކައުންޓް ތަފްސީލް ފަދަ މުހިންމު މައުލޫމާތް ހިއްސާ ނުކޮށް، އިތުބާރާއެކު ފައިސާގެ މުއާމަލާއި ފަަހިވެގެންދެއެވެ. ވައިބަރ މެދުވެރިކޮށް އެމް-ފައިސާއިން ކާމިޔާބުކަމާއެކު ޓްރާންސްފަރ އެއް ހެދުމުން، އޮޓޯއިން ފޮނުވާ ފަރާތުގެ އިތުރުން ފައިސާ ލިބޭ ފަރާތައް ވެސް ވަގުތުން ކޮންފަމޭޝަަން މެސެޖެއް ލިބި ޓްރާންސެކްޝަން ރިސިޕްޓްތައް އޮޅުވާލުމުގެ ފުރުސަަތު ނައްތާލުމަށް އެހީތެރިވެދެއެވެ.
އެއް ޕްލެޓްފޯރމެއްގެ ތެރެއިން ފަައިސާ ފޮނުވާ މުއާމަލާތް ކުރުމުގެ ފަސޭހަ ކަސްޓަމަރުންނަަށް ފޯރުކޮށްދިނުމުގެ އިތުރުން، ޑިޖިޓަަލް ފައިނޭޝަލް ޕްލެޓްފޯރމް ތަކަށް ކަސްޓަަމަރުން އަހުލުވެރިކުރުވުމަަށްވެސް މި ޙިދުމަތުން ބާރުއެޅޭކަަންވެސް އެކުންފުނިން ފާހަގަކުރެއެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު، ޚާލިދު އަލް-ހަމާދީ ވިދާޅުވީ "ވައިބަރ އާއި ޕަރޓްނަރވެ ރަައްކާާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭ މި އީޖާދީ ޚިދުމަަތް އަަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އަަޅުގަަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަަލެއް" ކަމަށެވެ. އަދި "ވައިބަރ އަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ ޕްލެޓްފޯމަކަށް ވުމުން، މި ޚިދުމަަަތަަކީ ކަަސްޓަމަރުން ޑިޖިޓަލް ޕްލެޓްފޯމްތަކަށް އަހުލުވެރިކުރުވުމަށް އެޅޭ ވަަރަަށް ބޮޑު ބާރެއް" ކަމަށެވެ.
"އަޅުގަނޑުމެންގެ މުޖުތަމައުތައް އިތުރު ހަރުފަތަކަށް ގުޅުވާލަދިނުމަށް މިފަަދަ އައު އީޖާދީ ހައްލުތައް ގެނެސްދިނުމުގައި އަބދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން.: ޚާލިދު ވިދާޅުވިއެވެ.
އޭޕީއޭސީގެ ރަކުޓެން ވައިބާ ސީނިއާ ޑިރެކްޓަރު ޑޭވިޑް ސޫ ވިދާޅުވީ އުރީދޫ މޯލްޑިވްސް އާއި އެކު ހެދުނު މި ޕާރޓްނަރޝިޕާ މެދު ނުހަނު ފަޚުރުވެރިވާ ކަމަށާއި މިއީ ކަސްޓަމަރުންގެ ހުރިހާ ބޭނުންތަަކަަަށް ވެސްް އެކަަށޭނެ އެޕެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ވައިބަރއިން ކުރާ މަަސަައްކަަތުގެ ހެއްކެއް ކަމަށެވެ.
" ކޯލް އަދި މެސެޖިންގ ގެ އިތުރުން ވައިބަރ މެދުވެރިކޮށް ކަަސްޓަަަމަރުންގެ މުހިންމު މައުލޫމަތު ހިއްސާާނުކޮށް ރައްކާާތެރިކަަމާއި ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތް އެއްތަނަަަކުން ކުރިއަށް ގެންދިޔުމަށް މި ޚިދުމަތާއެކު ފަަހިވެގެންދާނެ. ޑޭޓާ ޕްރައިވެސީ އާއި ސެކިއުރިޓީ އަަަކީ އަބަދުވެސް ވައިބަރއިން ނުހަަނު އިސްކަަމެއް ދޭ ކަަމެއް. އަދި އަޅުގަނޑުމެން ކުރިއެރުމާާއި ހިދުމަަތްތައް ބިނަކުރުމުގައި އަަަޅުގަަނޑުމެންގެ ކަަަސްޓަމަަރުންގެ ރައްކާތެރިކަން ކަށަވަރުކޮށދޭނެ ކަަމުގެ ޔަގީންކަަަން އަރުވަން" ޑޭވިޑް ސޫ ވިދާޅުވިއެވެ.
ވައިބަރގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވުމަށް:
- ވައިބަރ ޗެޓް ހުޅުވާލާށެވެ.
- ޖިފް+ ހުޅުވާލުމަށް ފަަހު އެމް-ފައިސާ ހިޔާރުކުރައްވާށެވެ.
- "SEND MONEY" ހިޔާރުކުރަައްވާށެވެ.
- އެމް-ފައިސާ އެކައުންޓަށް ލޮގިން ވުމަށް ޓަކައި ޕިން ޖަަައްސަަވާާށެވެ.
- ފަައިސާާ ފޮނުވަން ބޭނުން ފަރާތުގެ ނަންބަރާއި އަަދަަދު ޖަައްސަަވުމަށްފަަހު ޔަަގީންކުރައްވާށެވެ
- "SHARE RECEIPT" ހިޔާރު ކުރެއްވުމުން ވައިބަރ މެދުވެރިކޮށްްް ކޮންްްފަަަރމެޝަން މެސެޖް ލިބިވަަޑަައިގަަންނަަވާާނެއެވެ.
އުރީދޫ އެޕްމެދުވެރިކޮށް އެމް-ފައިސާ އަށް ރެޖިސްޓަރ ވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި، އެޕް އަދި ވައިބަރ މެދުވެރިކޮށް ފައިސާ ޓްރާންސްފަރ ކުރުމުގެ އިތުރުން، މަރޗަންޓުންނަށް ފައިސާ ދައްކާލެވޭނެއެވެ.
އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ބީ.އެމް.އެލް، އެސް.ބީ.އައި އަދި އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާ ޖަމާކުރެއްވޭނެއެވެ. މި ޚިދުމަަތްތަައްް ލިބިގަަތުމަަށް ހުރިހާ ނެޓްވޯކެއްގެ ކަަސްޓަމަރުންނަށް ވެސް އުރީދޫ އިން މަރުހަަބާާ ކިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް