ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަން ފައްޔާޒް ފޯމު ހުށަހަޅުއްވައިފި

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ފޯމް ހުށަހަޅުއްވައިފި އެވެ. ޗެއާޕާސަން އާއި ޕާޓީގެ މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބު ބޭއ...

17 Feb 2022 | 12:04

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ފޯމް ހުށަހަޅުއްވައިފި އެވެ.

ޗެއާޕާސަން އާއި ޕާޓީގެ މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު އެވެ.

އެމްޑީޕީން ބުނީ ފައްޔާޒްއަށް ތާއީދު ކުރައްވާ ބޭފުޅުންގެ ސޮޔާއި އެކު މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ.

ފައްޔާޒާއި މި އިންތިހާބުގައި ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ. އިންތި އިއްޔެ ވަނޯ ފޯމު ހުށަހަޅުއްވާފަ އެވެ.

https://twitter.com/MDPSecretariat/status/1494262138906755072/photo/1

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް