އެސްޓީއޯއިން ކޮންސްޓްރަކްޝަން އެޖެންޓުންގެ އަގުވަޒަންކޮށްފި

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން 2021 ވަނަ އަހަރު އެންމެ ރަނގަޅު ވިޔަފާރި ކޮށްފައިވާ އެޖެންޓުންގެ އަގު ވަޒަންކޮށްފިއެވެ. އެޖެންޓުންގެ އަގު ވަޒަން ކުރުމަށްޓަކައި މިއަދު ބޭއްވި ހަފްލާގައި 2021...

17 Feb 2022 | 12:02

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން 2021 ވަނަ އަހަރު އެންމެ ރަނގަޅު ވިޔަފާރި ކޮށްފައިވާ އެޖެންޓުންގެ އަގު ވަޒަންކޮށްފިއެވެ.

އެޖެންޓުންގެ އަގު ވަޒަން ކުރުމަށްޓަކައި މިއަދު ބޭއްވި ހަފްލާގައި 2021 ވަނަ އަހަރުގެ އެންމެ ރަގަޅު 5 އެޖެންޓުން ހޮވައި، އެފަރާތްތަކަށް އިނާމެއްގެ ގޮތުގައި 5000 ރުފިޔާގެ ގިފްޓް ވައުޗަރއެއް ވަނީ ހަވާލުކޮށްފައެވެ.

މި ގިފްޓް ވައުޗަރތައް ހަވާލުކޮށްދެއްވީ އެސްޓީއޯ އެނަރޖީ އެންޑް ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރ މުހައްމަދު އީމާންއެވެ.

2021 ވަނަ އަހަރުގެ ޖޫން މަހު އެސްޓީއޯއިން ތައާރަފުކުރި "ކޮންސްޓްރަކްޝަން އެޖެންޓު" ތައާރަފު ކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް އެންމެ ހެޔޮ އަގުގައި ކޮންސްޓްރަކްޝަން ސާމާނު ފަސޭހައިން ލިބޭނެ ގޮތް މަގު ފަހިވެ، އަތޮޅުތަކުގައި ތިބި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމެވެ.

ކާމިޔާބު ކަމާއެކު މިހާރު ކުރިއަށްދާ މިވިޔަފާރީގައި 17 އަތޮޅެއްގައި 58 ކޮންސްޓްރަކްޝަން އެޖެންޓު ހަރަކާތްތެރިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް