ސްޓެލްކޯގެ އެނަރޖީ ސޭވިންގ ކެމްޕެއިންގެ ޚާއްސަ ސެޝަނެއް ކްލަބު ހައުސްގައި ބާއްވަން ނިންމައިފިއެވެ.
އެ ކުންފުނިން ބުނީ މިއަހަރުގެ ހޫނުގަދަ ދުވަސްވަރާއި ދިމާކޮށް ކުރިޔަށްގެންދަން ނިންމާފައިވާ އެނަރޖީ ސޭވިންގ ކެމްޕެއިންގެ ޚާއްސަ ސެޝަން ކްލަބު ހައުސްގައި އޮންނާނީ މިރޭ ކަމަށެވެ.
"މޫސުމާއި ކަރަންޓުބިލަށް އަންނަ ބަދަލު" މި މައުޟޫއަށް ކުރިއަށް ގެންދާ މި ސެޝަނީ އެއްގަޑިއިރުގެ ސެޝަނެއް ކަމަށާއި މި ސެޝަންގައި ޕެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާނީ އިލްމީ މިދާއިރާގެ ތަޖުރިބާހުރި، އެކުންފުނީގެ މުވައްޒަފުން ކަމަށް ވެސް ބުންޏެވެ.
https://twitter.com/STELCOMALDIVES/status/1494232362053664776
މީގެ އިތުރުން މިސެޝަންގައި ބައިވެރިވާ ފަރާތްތަކަށް ވެސް މިރޭގެ މައުޟޫއާއި ގުޅޭގޮތުން ސުވާލު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ އިތުރު ސެޝަންތައް އިތުރު މައުޟޫއުތަކަށް ކުރިޔަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް