ޕްރިމިއަރ ލީގުގެ މެޗްތައް މިހާރު ދިރާގު ޓީވީން ބަލައިލެވޭނެ

ގިނަދުވަސްތަކެއްގެ އިންތިޒާރަށްފަހު ދިރާގުޓީވީ ކަސްޓަމަރުންނަށް މިހާރު ޕްރިމިއަރ ލީގްގެ މެޗުތައް ނިއޯޓިވީ (ޗެނަލް 6) މެދުވެރިކޮށް ބަލާލެވޭނެއެވެ. ދިރާގު ޓީވީ މެނޭޖަރ ޒިހާރު ޒަރީރު ވިދާޅުވިގޮތުގައި ރާއ...

17 Feb 2022 | 11:38

ގިނަދުވަސްތަކެއްގެ އިންތިޒާރަށްފަހު ދިރާގުޓީވީ ކަސްޓަމަރުންނަށް މިހާރު ޕްރިމިއަރ ލީގްގެ މެޗުތައް ނިއޯޓިވީ (ޗެނަލް 6) މެދުވެރިކޮށް ބަލާލެވޭނެއެވެ.

ދިރާގު ޓީވީ މެނޭޖަރ ޒިހާރު ޒަރީރު ވިދާޅުވިގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފުޓުބޯޅަ އަށް ފޯރިހުންނަ ފަރާތްރަތަކަށް މި ހަބަރު ޙިއްސާ ކުރަނީ ނުހަނު އުފަލާއެކުކަމަށައި އަދި ފާއިތުވެދިޔަ ދުވަސްތަކުގައި  ކަސްޓަމަރުން ދިރާގުޓީވީއަށް ކުރެއްވި އިތުބާރާއި ދެއްވި ތަރުހީބަށް ޝުކުރުދެންނެވިއެވެ. އަދި އިތުރަށް ފާހަނގަކުރެއްވިގޮތުގައި ކުރިއަށްއޮތްތާންގައިވެސް މަސައްކަތްކުރަމުންދާނީ ކުޅުވަރުގެ އެންމެ މަގުބޫލު ކޮންޓެންޓް ދިރާގު ޓިވީ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމުގައެވެ.

ނިއޯ ޓިވީގެ ސީނިއަރ އެގްޒެކެޓިވް، އިބްރާހިމް އަލީ ފާހަގަކުރެއްވިގޮތުގައި ރާއްޖޭގައި އެންމެ ފުޅާދާއިރާއަކަށް އަ.އި.ޕީ ޓީވީ ޚިދުމަތް ފޯރުކޮށްދެމުންދާ ދިރާގުޓީވީ މެދުވެރިކޮށް އެންމެ ފޯރިގަދަ ޕްރިމިއަރ ލީގް މެޗުތައް ލައިވްކޮށް ރާއްޖޭގައި ދިރިއުޅޭ ފުޓުބޯޅަ ފޭނުންނަށް ގެނެސްދެވުމަކީ އުފާކުރާކަމެއްކަމުގައެވެ. ކުރިއަށް އޮތްތާންގައިވެސް މަސައްކަތްކުރަމުންދާނީ ދިރާގުޓިވީ މެދުވެރިކޮށް ތަފާތުގިނަ ކޮންޓެންޓް އެންމެ ހައި ކޮލިޓީގައި ގެނެސްދިނުމަށްކަމަށް އިބްރާހިމް އަލީ ވިދާޅުވިއެވެ.

100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯރޓްސް ޗެނަލްތައް، ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯރކް، ސްޓަރ ގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ. ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %82 ގޭބިސީއަށް މިހާރު ދިރާގުޓީވީ ޚިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް