އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާކަމަށް އެ ޕާޓީގެ ޒުވާން އެކްޓިވިސްޓް ސަފާތު އަހުމަދު ފޯމު ހުށަހަޅުއްވައިފިއެވެ.
ސަފާތު ފޯމު ހުށަހެޅުއްވިކަން ހާމަކޮށްފައިވަނީ މިއަދުއެވެ.
ސަފާތުގެ އިތުރުން އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައިސާކަމަށް ކުރިމަތިލައްވާ ފައިވަނީ އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރ ރޮޒައިނާ އާދަމެވެ.
ފޯރިއާއެކު ކުރިޔަށްދާ އެންޑީޕީގެ އެތެރޭގެ އިންތިހާބުތަށް ދަނީ ވަރަށް ވާދަވެރިކޮށެވެ. ވަކިން ހާއްސަކޮށް އެ ޕާޓީގެ ޗެއާޕާސަން ކަމުގެ އިންތިހާބު ވަނީ ވާދަވެރިކަން ބޮޑުވެފައެވެ.
ޗެއާޕާސަން ކަމަށް ކުރިމަތި ލައްވާފައިވަނީ އިމްތިޔާޒު ފަހުމީ (އިންތި) އާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިީލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް