އައްޑޫ ސިޓީގައި ފުލުހުން ސްޕީޑް ގަން ބޭނުން ކުރަން ފަށައިފި

އައްޑޫ ސިޓީ ފުލުން ސްޕީޑް ގަން ބޭނުން ކުރަން ފަށައިފި އެވެ. މި ހިދުމަތަ ރަސްމީކޮށް ފެށީ އިއްޔެ ހިތަދޫ ބޮޑުމަގުގައި ބޮޑުމަގުގެ ސިޓީ ސެންޓްރަލް ސަރަޙައްދުގައި ވީސީޕީ ޖަހައިގެންނެވެ. މި ރަސްމިއްޔާތުގައި ...

17 Feb 2022 | 09:21

އައްޑޫ ސިޓީ ފުލުން ސްޕީޑް ގަން ބޭނުން ކުރަން ފަށައިފި އެވެ.

މި ހިދުމަތަ ރަސްމީކޮށް ފެށީ އިއްޔެ ހިތަދޫ ބޮޑުމަގުގައި ބޮޑުމަގުގެ ސިޓީ ސެންޓްރަލް ސަރަޙައްދުގައި ވީސީޕީ ޖަހައިގެންނެވެ. މި ރަސްމިއްޔާތުގައި ހިތަދޫ ޕޮލިސް ސްޓޭޝަންގެ ކޮމާންޑަރު އާމިނަތު ރަޝީދު އާއި ގަން ޕޮލިސް ސްޓޭޝަންގެ ކޮމާންޑަރު އަބްދުﷲ އިބްރާހިމް (ޑީޑީ) ވެސް ބައިވެރިވަޑައިގެންނެވި އެވެ.

ފުލުހުން ބުނީ ސްޕީޑް ގަން ބޭނުން ކުރަނީ މިކަންކަން އިތުރަށް މޮނިޓަރކޮށް ބެލުމަށްޓަކައިކަމަށެވެ.

އައްޑޫ ސިޓީ ފުލުހުން ބުނީ މި މަސައްކަތާއި އެކު ބާރު ސްޕީޑުގައި ދުއްވާ އުޅަނދު ފަހަރު ދެނެގަނެވޭނެ ކަމަށެވެ. އަދި ޓްރެފިކް ގަވައިދާ ހިލާފުވާ މީހުން ފަސޭހައިން ދެނެގަންނަން ފަސޭހަ ވާނެ އެވެ.

އިއްޔެ އައްޑޫ ސިޓީގައި ސްޕީޑް ގަން ބޭނުން ކުރަން ފެށި އިރު މާލޭގައި އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ޑިވައިސް ބޭނުންކުރަން ފެށީ 2019 ވަނަ އަހަރުގެ އޮގަސްޓް 22ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް